އީރާނުގެ ދެވަނަ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނޭއީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން މުޖުތަބާ ޚާމަނޭއީ އެ މަޤާމަށް ވަޑައިގެންފާނެ ކަމުގެ ރިޕޯޓްތަކެއް ފެންމަތިވެއްޖެއެވެ.

އިސްރާއީލާއި އެމެރިކާއިން ދިން ޙަމަލާތަކެއްގައި ޢަލީ ޚާމަނޭއީ އަވަހާރަވެފައިވާކަން އީރާނުގެ ދައުލަތުގެ މީޑިއާއިން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. މި ހާދިސާއާ ގުޅިގެން އީރާނުގެ "އެސެމްބްލީ އޮފް އެކްސްޕަރޓްސް" އިން އައު ލީޑަރަކު ހޮވުމުގެ މަސައްކަތް ފަށާފައިވާއިރު، އެންމެ ބޮޑަށް އިވޭ އެއް ނަމަކީ މުޖުތަބާ ޚާމަނޭއީގެ ނަމެވެ.

ނަމަވެސް، އީރާނުގެ ވެރިކަން ވާރުތަވާ އުސޫލުން ބަދަލުވުމާ މެދު ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ހުރި ނަމަވެސް، މުޖުތަބާ އަކީ އީރާނުގެ ސިޔާސީ އަދި އަސްކަރީ ނިޒާމުގެ ތެރޭގައި ނުފޫޒުގަދަ ބޭފުޅަކަށް ވުމުން، އޭނާ އެ މަޤާމަށް އިސްވުމުގެ ފުރުޞަތު ބޮޑުކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު