މި ސަރުކާރަކީ އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކަނބަލުންނަށް ތަހުނިޔާ ފޮނުއްވުމަށްޓަކައި، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އިން ރޭ ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަން މިއަދާ ހަމައަށް އައިއިރު އަމަލީ ގޮތުން ސާބިތުކޮށްދީފައިވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ކުރިން ނުލިބޭ ރޯދަ އިނާޔަތް، ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ހޯދައިދިނީ މި ސަރުކާރުންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ހުރިހާ ރައްޔިތުންގެ ވޯޓުން ހޮވޭ، ފުލްޓައިމް އެގްޒެކެޓިވް މަޤާމަކަށް ބަދަލުކުރެއްވުމަކީވެސް އަންހެނުން ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކައުންސިލްގެ ބަޖެޓުން ކުރިން ލިބެމުންއައި ފަސް އިންސައްތަ، ދިހަ އިންސައްތައަށް އިތުރުކޮށްދެއްވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި މި ބޮޑުކުރި ބަޖެޓުގެ ތެރެއިން ނޫން ގޮތަކަށް، ކައުންސިލްގެ މުޅި ބަޖެޓުގެ ތެރެއިން ރޯދަ އިނާޔަތް ހަމަޖެއްސެވުމަކީވެސް އެ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށް ނިންމެވި ނިންމެވުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އިޤުތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އަންހެނުންނަށް ޚާއްޞަ ލޯނުތައް ދޫކުރުމާއި، އެކި ގޮތްގޮތުން އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމުގެ ގިނަ ކަންތައްތަކެއް ރޭވިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދަން ހުރި މިފަދަ ގިނަ މަޝްރޫޢުތައް ރިޔާސީ ބަޔާނުގައިވެސް ހިމަނާފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލެއްވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރުމާއި 'ވިމެން އެންޕަވަރމަންޓް' މެއިންސްޓްރީމް ކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެ ސިޔާސަތު އެންމެ ފުރިހަމައަށް އެމަނިކުފާނުގެ ސަރުކާރުން ތަންފީޒު ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު