ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވައިގެން، އިންތިޚާބުވާ ރައީސަކު ނިސްބަތްވާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބޭނެކަމުގެ ގެރެންޓީއަކީ ކޮބާތޯ ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ސުވާލު ކުރައްވައިފިއެވެ.
ޑރ. އަޙްމަދު މި ސުވާލު ކުރައްވާފައިވަނީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަައެވެ. މި ޕޯސްޓަކީ ރިޔާސީ އިންތިޚާބަށްފަހު ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް ހޭދަކުރަންޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދުމުގެ މަސައްކަތުގައި ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ކުރެއްވި ޕޯސްޓެކެވެ.
ޑރ. އަޙްމަދު ވިދާޅުވި ގޮތުގައި، ދެ އިންތިޚާބު އެކުގައި ބާއްވައިގެން، ސިޔާސީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ނުފޫޒު ފޯރުވައިގެން ރައީސަކަށް ހޮވޭ މީހާ ނިސްބަތްވާ ޕާޓީއަށް މަޖިލިސް މެޖޯރިޓީ ލިބޭނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތެވެ. އަދި ހަމައެހެންމެ، މަޖިލީހުގެ މެޖޯރިޓީ ލިބޭ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު އިންތިޚާބުވާނެ ކަމުގެ ޔަގީންކަމެއްވެސް ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޤާނޫނުއަސާސީއާއި ރައްޔިތުންގެ ބާރު ކަނޑުވައި ނުލެވޭނެކަން ފާހަގަކުރައްވަމުން، ޑރ. އަޙްމަދު ވިދާޅުވީ "ރޫލް އޮފް ލޯ" ނުވަތަ ޤާނޫނުގެ އިސްތިޤްލާލު ފުރިހަމައަށް ހިނގާ ރިޔާސީ ނިޒާމެއްގައި، މަޖިލިސް މެޖޯރިޓީ ނެތިގެން ސަރުކާރަކަށް ދަތިތަކަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސަރުކާރުތަކުން މަޖިލީހުގެ މެޖޯރިޓީ ބޭނުންވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ހުރިހާ ޑިމޮކްރެޓިކް މުއައްސަސާތަކެއް ކޮންޓްރޯލްކޮށް، ރައްޔިތުންގެ ހަގީގީ ބާރު ކަނޑުވާލުމަށްޓަކައި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ބާރަކީ ދައުލަތް ވުޖޫދުގައި އޮތްހާ ހިނދަކު ދެމިއޮންނާނެ އަސްލީ ބާރުކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު