ބަންގްލަދޭޝްއަށް ނިސްބަތްވާ ތެޔޮ ޓޭންކަރުތަކަށް ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އީރާނު ސަރުކާރުން އަންގާފައިވާކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ބަންގްލަދޭޝްގެ "ބިޒްނަސް ސްޓޭންޑަރޑް" ނޫހުން ބުނެފައިވާ ގޮތުގައި، އެ ގައުމަށް ތެލުގެ ސަޕްލައި މެދުނުކެނޑި ލިބޭނެ ގޮތްތަކެއް ހޯދުމަށް އީރާނާއެކު ކުރެވުނު މަޝްވަރާތައް ވަނީ ކާމިޔާބުވެފައެވެ. މި މަޝްވަރާތަކަށްފަހު، ބަންގްލަދޭޝްއަށް ތެލާއި ގޭސް އުފުލާ އުޅަނދުތަކަށް ރައްކާތެރިކަމާއެކު ހޮރްމޫޒު ކަނޑުއޮޅި ހުރަސްކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އީރާނުން ވަނީ ދީފައެވެ.
މި ނިންމުމަކީ ބަންގްލަދޭޝްގެ ހަކަތައިގެ ރައްކާތެރިކަމާ މެދު އުފެދިފައިވާ ބޮޑެތި ކަންބޮޑުވުންތަކަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މި އެއްބަސްވުމަށް އާދެވުނީ ބަންގްލަދޭޝްގެ އެނާޖީ އެޑްވައިޒަރު އިޤްބާލް ޙަސަން މަޙްމޫދު ތުކޫ އާއި އީރާނުން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަލީލް ރަހީމީ ޖަހަނަބާދީއާ ދެމެދު ބޭއްވުނު މުހިންމު ބައްދަލުކުރެއްވުންތަކަކަށް ފަހުގައެވެ.
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާ އަދި އިސްރާއީލާ ގުޅުން އޮންނަ ގައުމުތަކުގެ އުޅަނދުތައް ހޮރްމޫޒު ކަނޑުއޮޅިން ދަތުރުކުރުން އީރާނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް، އެ ގައުމުތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ގައުމުތަކަށް އެ ފުރުސަތު ދޭނެކަމަށް އީރާނުން ކުރިންވެސް ބުނަމުންދެއެވެ.
ހަކަތައިގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ބަންގްލަދޭޝްއިން ދަނީ ޗައިނާ އަދި އިންޑިއާއާއެކުވެސް މަޝްވަރާތަކެއް ކުރަމުންނެވެ. މިގޮތުން އިންޑިއާއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، މިއަދު އެކަނިވެސް 5000 ޓަނުގެ ޑީސަލް ބަންގްލަދޭޝްއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާގެ އޭއެންއައި އިން ރިޕޯޓްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު