މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ފިލިޕީންސް ސަރުކާރުން ހަކަތަ އިގްތިސާދު ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އަމުރުކޮށްފިއެވެ.
އެގޮތުން ފިލިޕީންސް ސަރުކާރުގެ ހުރިހާ އިދާރާތަކަކާއި، ދައުލަތުގެ ޔުނިވަރސިޓީތަކުގެ އިތުރުން ލޯކަލް ގަވަމަންޓް ގޯފިތަކުން ބޭނުންކުރާ ތެލުގެ މިންވަރު މަދުވެގެން 10އިންސައްތަ އިގްތިސާދު ކުރުމަށް ވަނީ އަންގާފައެވެ. އަދި އޮފީސްތަކުގެ އެއާކޮންޑިޝަންތައް 24 ޑިގްރީއަށްވުރެ ދަށްނުކުރުމަށާއި، ދަތުރުފަތުރު މަދުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން، މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވާނަމަ، ހަފުތާއަކު 4 ދުވަހު މަސައްކަތްކުރާ ގޮތަށް ބަދަލުކުރުމާއި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ދަނީ ވިސްނަމުންނެވެ.
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ވިދާޅުވީ، ހަކަތަ ސަލާމަތްކުރުމަށް ސަރުކާރުގެ ހުރިހާ އޮފީސްތަކަކަށް އަންގާފައިވާ ކަމަށާއި، އާންމު ރައްޔިތުންވެސް ދަތުރުފަތުރު މަދުކޮށް، ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރުމަށް އިލްތިމާސް ކުރަށްވާ ކަމަށެވެ. ފިލިޕީންސަކީ އެ ގައުމަށް ބޭނުންވާ ތެލުގެ ބޮޑުބައެއް އިމްޕޯޓްކުރާ ގައުމަކަށް ވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު އެ ގައުމަށް ވަރަށް ބޮޑަށް ކުރެއެވެ.
މި މައްސަލައާ ގުޅިގެން ސަރަހައްދީ އެހެން ގައުމުތަކުންވެސް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ތައިލެންޑުގެ ޑިފެންސް މިނިސްޓްރީން ވަނީ އެއާކޮންޑިޝަން ބޭނުންކުރުން މަދުކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ބައްދަލުވުންތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުމަށް އަންގާފައެވެ. އަވަށްޓެރި މިޔަންމާގައިވެސް ވަނީ މަގުމަތީގައި ދުއްވާ އަމިއްލަ އުޅަނދުތައް ކޮންޓްރޯލްކުރުމަށްޓަކައި، ނަންބަރު ބޯޑު އޮންނަ ގޮތުން ދުއްވޭނެ ދުވަސްތައް ކަނޑައަޅާފައެވެ.
އޭޝިއާގެ ގައުމުތަކަކީ ހަކަތައަށް ބޭރު ގައުމުތަކަށް ބަރޯސާވާ ގައުމުތަކަށް ވާތީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން މި ސަރަހައްދުގެ ގައުމުތަކުގެ އިންފްލޭޝަން ރޭޓް މަތިވުމުގެ ބިރު ބޮޑުވެފައިވާކަމަށް އިގްތިސާދީ މާހިރުން ދަނީ ފާހަގަކުރަމުންނެވެ. ފިލިޕީންސުން ބޭނުންވާ ތެލުގެ 90 އިންސައްތަ އަކީ ގަލްފް ގައުމުތަކުން އެތެރެކުރާ ތެޔޮކަމަށްވުމުން، އެ ގައުމަށް މިކަމުގެ ނުރައްކާ މާ ބޮޑެވެ.
މި ހާލަތާ ގުޅިގެން ދަތުރުފަތުރުގެ ދާއިރާއާއި، ދަނޑުވެރިންނާއި މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުމަށްވެސް ފިލިޕީންސް ސަރުކާރުން ދަނީ ދިރާސާ ކުރަމުންނެވެ. ނަމަވެސް، މަސައްކަތު ދުވަސްތައް މަދުކުރުމާއި ގުޅޭގޮތުން ވިޔަފާރިވެރިންގެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަރާތްތަކުން ބުނެފައިވަނީ އުފެއްދުންތެރިކަމުގެ ދާއިރާއަށް މިފަދަ ބަދަލުތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު