އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހަކު މަރުވެ، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ހިތާމަވެރި ހާދިސާއަށް މިގައުމުގެ ރައްޔިތުންނަށް ސިހުން ލިބިފައިވާއިރު، މިކަމުގައި ސަރުކާރުގެ ފަރާތުން ފެންނަނީ ހައިރާންކުރުވަނިވި ހަނުހިމޭންކަމެކެވެ. ރާއްޖޭގެ ތާރީޚުގައި މިފަހުން ހިނގި އެންމެ މަރު ގިނަ އަލިފާނުގެ އެއް ހާދިސާގެ ގޮތުގައި މިއަދު މިކަން ވެފައިވާއިރު، ދައުލަތުގެ އެންމެ އިސްވެރިންގެ ފަރާތުން މިހާތަނަށް ތައުޒިޔާގެ މެސެޖެއްހާ މިންވަރުވެސް އާންމުކޮށްފައި ނުވުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ ކަމެކެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. އެ ވަގުތު ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާނުގެ އަސަރު ފެންނަމުން ދިޔުމުން، ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި ފުލުހުންނާއި އާންމުން ގުޅިގެން ވަނީ ގޭގެ ބިތްދޮށު ފާރު ތަޅާލާފައެވެ.
ގެއަށް ވަދެވުނު އިރު، ހަބަރު ހުސްވެފައި ތިބި ހަތް މީހަކު ފެނިފައިވާކަމަށާއި، އެ މީހުން ވަގުތުން ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް، އޭރުވެސް އޭގެ ތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ. އަދި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހާލު ސީރިއަސްވި ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު މާލެ ގެެނެސްފައި ވާއިރު، އައިޖީއެމްއެޗް އިން މައުލޫމާތު ދޭ ގޮތުގައި އެ ދެ މީހުންގެ ހާލު އަދިވެސް ވަރަށް ސީރިއަސްއެވެ.
މި ހާދިސާގައި މަރުވި ފަސް މީހުންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަރުވި މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު އެ ގައުމަށް ގެންދިއުމުގެ މަސައްކަތް ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ދަނީ ކުރަމުންނެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ މޭޖަ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް މިހާރު ދަނީ ދިގުރަށުގައި ހަރަކާތްތެރިވަމުންނެވެ. އެ ޓީމުން އަންނަނީ އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށް ފޮރެންސިކް ތަހުގީގުތައް ކުރަމުންނެވެ. މީގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިންވެސް ދަނީ މި ހާދިސާ ބަލަމުންނެވެ.
މިފަދަ ބޮޑު އިންސާނީ ކާރިސާއެއް ހިނގައިގެން އުޅޭއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންވެސް އަދި ސަރުކާރުގެ އެހެން އިސް އިދާރާއަކުންވެސް މިކަމާ ގުޅޭ ރަސްމީ ބަޔާނެއް ނުވަތަ ތައުޒިޔާގެ މެސެޖެއް ނެރެފައި ނުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ގައުމުގެ އެންމެން އަވަދިނެތި އުޅެނީ ކެމްޕޭން ކުރުމުގައެވެ. އެއް ޕާޓީން އަނެއް ޕާޓީއަށް ފާޑުކިޔުމާއި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން، މިފަދަ ބޮޑު ހިތާމަވެރި ހާދިސާއެއްގެ އަސަރު ވަނީ ކުޑަކޮށްލާފައެވެ.
އިންސާނުންގެ ފުރާނައަށްވުރެ ސިޔާސީ މަގާމުތަކާއި ޖާހަތުގައި ތިބެމެ އެ މަގާމުތަކުގެ ނުފޫޒާއި ބާރުކަންމަތީ ދެމިތިބެވޭތޯ ހަމައެކަނި ކުރިއަށް އޮތް އިންތިކާބަށް ކެމްޕޭން މުހިންމުވުމަކީ ދިވެހި މުޖުތަމައު ގަބޫލުކުރާނޭ ކަމެއް ނޫނެވެ. ދައުލަތުގެ މުއައްސަސާތަކުން މިކަމުގައި އިތުރު ތަފްސީލު ހާމަކޮށް، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާނެ ފިޔަވަޅުތަކެއް އިއުލާނު ކުރަންޖެހެއެވެ.
މިއަލިފާނުގެ ހާދިސާގައި ފަސް ބިދޭސީން ނިޔާވުމުން ހާމަވެގެން މިދިޔައީ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމެވެ. އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް ނެތް ތަންތަނުގައި އިންސާނުން ދިރިއުޅެން ޖެހުމަކީ މިފަދަ ހިތާމަވެރި ނަތީޖާތަކެއް ނުކުމެދާނެ ކަމެކެވެ. ސަރުކާރުން ސިޔާސީ ކަންކަމަށްވުރެ ބޮޑަށް އިންސާނީ ހައްގުތަކަށާއި، ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭން ޖެހެއެވެ. އަދުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި ނަމަވެސް ޕާޓީގެ ވެރިކަން ކުރަން އުޅެގެން ނަތީޖާ ރަނގަޅެއް ނުވާނެއެވެ. ވަލީޔުލް އަމުރުގެ މަގާމަކީ މުޅި ދިވެހިގައުމުގެ ރައްޔިތުންގެ ހެވާލާބަޔަށް ޙިދުމަތްކުރަން ދިވެހިރައްޔިތުން އެމަނިކުފާނާ ހަވާލުކުރާ ޒިއްމާދާރުކަން ބޮޑު އެހާމެ ބުރަ ބޮޑު މަސްޢޫލިއްޔަތެކެވެ.

ކިޔުންތެރިންގެ ހިޔާލު