ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ހިންގާ ކޮމިޓީގެ މަގާމުގައި ހުރި ސޮފްވާން އަހުމަދު އެ މަގާމުން ވަކިކޮށް، އޭނާއަށް ދީފައިވާ އަދަބު މުޅި އުމުރުގެ ސަސްޕެންޝަނަކަށް ބަދަލުކުރުމަށް ވީއޭއެމްގެ ހާއްސަ އާންމު ޖަލްސާއިން ނިންމައިފިއެވެ.
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗުކަމުގައި ކުރިން ހުރި ސޮފްވާންގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައަކީ 2024 ވަނަ އަހަރު ބޭއްވި ކާވާ މުބާރާތުގައި އަންހެން ޓީމަށް އިރުޝާދު ދިން ސޮފްވާންގެ މައްސަލައެއްގެ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ވީއޭއެމްއިން ބަލަމުންދާ މައްސަލައެކެވެ.
މި މައްސަލަ ބެލުމަށް ވީއޭއެމްއިން އެކުލަވައިލި ފަސް މެންބަރުންގެ ކޮމިޓީގެ ރިޕޯޓަށް ބިނާކޮށް، މީގެ ކުރިންވެސް އޭނާއަށް ވަނީ ފިޔަވަޅު އަޅައިފައެވެ. އެގޮތުން ހެޑް ކޯޗުގެ މަގާމުން ވަކިކޮށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހު އެފަދަ އެއްވެސް މަގާމަކަށް އޭނާ އައްޔަން ނުކުރެވޭ ގޮތަށް ސަސްޕެންޑް ކުރިއެވެ. ނަމަވެސް، އެޑްހޮކް ކޮމިޝަނަކުން އެކުލަވައިލި ރިޕޯޓަށް ރިއާޔަތްކޮށް، ވީއޭއެމްގެ ހާއްސަ އާންމު ޖަލްސާގައި ވަނީ އެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ނިންމައިފައެވެ.
ވީއޭއެމްގެ ފުރިހަމަ މެންބަރު 9 ކްލަބަކާއި، ވަގުތީ މެންބަރު 12 ކްލަބަކާއި، އެކަޑަމީ މެންބަރު ކްލަބެއްގެ އިތުރުން އެސޯސިއޭޓް މެންބަރު ކްލަބެއް ބައިވެރިވި މި ޖަލްސާއިން ނިންމީ، ސޮފްވާން ހިންގާ ކޮމިޓީގެ މެންބަރުކަމުން ވަކިކުރުމަށެވެ. އަދި އޭނާ ކްލަބެއްގެ ހިންގާ ކޮމިޓީގައި ހުރި ނަމަ، އެ މަގާމުން ވަކިކުރުމަށް އެ ކްލަބަކަށް 60 ދުވަހުގެ މުހުލަތެއް ދިނުމަށް ވަނީ ނިންމައިފައެވެ.
މި މުއްދަތުގެ ތެރޭގައި ސޮފްވާން މަގާމުން ވަކިކޮށް، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ދޫކޮށްފައިވާ ލިޔުން ވީއޭއެމްއަށް ހުށަނާޅައިފިނަމަ، އެ ކްލަބެއް އެސޯސިއޭޝަންގެ ދަފްތަރުން އުނިކުރާނެ ކަމަށް ވީއޭއެމްއިން ބުނެއެވެ. އަދި އެފަދަ ކްލަބަކަށް އަލުން މެންބަރުކަން ލިބޭނީ ދެ އަހަރު ފަހުންނެވެ.
ވީއޭއެމްގެ ބަޔާނުގައި ބުނެފައިވަނީ، ކުރިން ފިޔަވަޅު އަޅާފައި ވަނިކޮށްވެސް ސޮފްވާން ވޮލީގެ އެކި ހަރަކާތްތަކުގައި އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. "އެފަދަ މީހެއްގެ ކިބައިން ކުޅުންތެރިން ސަލާމަތްކުރުމަކީ ވަރަށް މުހިއްމު ކަމެއް،" ކަމަށް ބަޔާންކޮށް، ވީއޭއެމްއިން ވަނީ މުޅި އުމުރަށް ވޮލީގެ އެއްވެސް ހަރަކާތެއްގައި އެއްވެސް ހައިސިއްޔަތަކުން ސޮފްވާނަށް ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރުމަށް ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު