އެމެރިކާގެ ނޭޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރ (އެން.ސީ.ޓީ.ސީ) ގެ ޑިރެކްޓަރ ޖޯ ކެންޓް، އޭނާގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ޖޯ ކެންޓް މި މަޤާމުން އިސްތިއުފާ ދެއްވިކަން އިޢުލާން ކުރެއްވީ މިއަދު އޭނާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
މަޤާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ޖޯ ކެންޓް ވިދާޅުވީ، ގިނަ ކަންތައްތަކަކަށް ވިސްނުމަށްފަހު މިއަދުން ފެށިގެން އެން.ސީ.ޓީ.ސީ ގެ ޑިރެކްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އޭނާގެ އިސްތިއުފާގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ އިރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައެވެ.
ޖޯ ކެންޓްގެ ބަޔާނުގައި ވިދާޅުވެފައިވަނީ، އިރާނަކީ އެމެރިކާއަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، މި ހަނގުރާމައަކީ އެމެރިކާގެ ޟަމީރު ޤަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އަދި މި ހަނގުރާމައަކީ އިސްރާއީލާއި އެމެރިކާގައި އޮންނަ އިސްރާއީލުގެ ނުފޫޒުގަދަ ލޮބީ ގްރޫޕްތަކުގެ ފިއްތުންތަކާ ހެދި ފަށާފައިވާ ހަނގުރާމައެއްކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ޓުލްސީ ގައްބާޑްގެ ދަށުން މަސައްކަތް ކުރެއްވުމާއި، އެން.ސީ.ޓީ.ސީ ގެ ފަންނީ މުވައްޒަފުންނަށް އިރުޝާދު ދެއްވުމަކީ ލިބުނު ޝަރަފެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޖޯ ކެންޓްގެ މި އިސްތިއުފާއާއެކު، އެމެރިކާގެ ޚާރިޖީ ސިޔާސަތާއި މެދުއިރުމަތީގެ މަސްލަހަތާ ގުޅޭގޮތުން ސަރުކާރުގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރިކަން މިވަނީ ހާމަވެފައެވެ.

After much reflection, I have decided to resign from my position as Director of the National Counterterrorism Center, effective today.
— Joe Kent (@joekent16jan19) March 17, 2026
I cannot in good conscience support the ongoing war in Iran. Iran posed no imminent threat to our nation, and it is clear that we started this… pic.twitter.com/prtu86DpEr
މީގެ އިތުރުން، ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ޓުލްސީ ގައްބާޑްގެ ދަށުން މަސައްކަތް ކުރެއްވުމާއި، އެން.ސީ.ޓީ.ސީ ގެ ފަންނީ މުވައްޒަފުންނަށް އިރުޝާދު ދެއްވުމަކީ ލިބުނު ޝަރަފެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޖޯ ކެންޓްގެ މި އިސްތިއުފާއާއެކު، އެމެރިކާގެ ޚާރިޖީ ސިޔާސަތާއި މެދުއިރުމަތީގެ މަސްލަހަތާ ގުޅޭގޮތުން ސަރުކާރުގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރިކަން މިވަނީ ހާމަވެފައެވެ.
ކިޔުންތެރިންގެ ހިޔާލު