ހޯރްމޫޒް ކަނޑުއޮޅި
ހޯރްމޫޒް ކަނޑުއޮޅި
ސަރަޙައްދީ މަސްލަޙަތު ގޯސްވަމުންދާ މިދަނޑިވަޅުގައި، ހޯރްމޫޒް ކަނޑުއޮޅިއަކީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށް އަދިވެސް ހުޅުވިފައިވާ ތަނެއް ކަމަށާއި، އެތަން ބަންދުކުރާނީ ހަމައެކަނި "ދުޝްމަނުންނާއި އެމީހުންގެ ބައިވެރިންނަށް" ކަމަށް އީރާނުން ބުނެފިއެވެ.

މިދިޔަ އަންގާރަ ދުވަހު އިނގިރޭސިވިލާތުގެ ޗެނަލް 4 ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި، އީރާނުން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސައްޔިދު އަލީ މޫސަވީ ވިދާޅުވީ، އެމެރިކާއާއި އެމެރިކާގެ ބައިވެރިން ފިޔަވައި އެހެން ހުރިހާ ޤައުމުތަކެއްގެ އުޅަނދުފަހަރަށް އެ ކަނޑުއޮޅި ހުޅުވިފައިވާ ކަމަށެވެ. އަދި ގަލްފުގެ ޤައުމުތަކާއެކު އީރާނުގެ އެއްވެސް ކުރިމަތިލުމެއް ނެތްކަން ފާހަގަކުރައްވައި، "އެމެރިކާގެ ބައިވެރިން" ގެ ގޮތުގައި އެ ސަރަޙައްދުގެ ގަލްފު ޤައުމުތައް ނުގުނޭނެ ކަމަށާއި، އީރާނުގެ ފިޔަވަޅުތަކަކީ ހަމައެކަނި ދިފާޢީ ފިޔަވަޅުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

@c4news

Iran's Ambassador to the UK Seyed Ali Mousavi tells Channel 4 News that "the Strait of Hormuz is open for all vessels, except American ships and their allies". #Iran #Trump #StraitofHormuz #MiddleEast #C4News

♬ original sound - Channel 4 News


މީގެ އިތުރުން، މިދިޔަ އާދީއްތަ ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާއްޗީ، އެމެރިކާގެ އެމް.އެސް ނައު ނޫހަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ހޯރްމޫޒް ކަނޑުއޮޅި ސަރަޙައްދުގައި ދަތުރުފަތުރުގެ ކަންކަން އާންމު ހާލަތެއްގައި ކުރިއަށްދާ ކަމަށާއި، ނަމަވެސް އެތަން ބަންދުވާނީ ހަމައެކަނި ދުޝްމަނުންނާއި އީރާނަށް ހަމަލާދޭ ފަރާތްތަކުގެ އުޅަނދުފަހަރަށް ކަމަށެވެ.

އދ އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ވެސް ވަނީ ހުސްވި ހަފްތާގެ އިތުރުން މިދިޔަ ހޯމަ ދުވަހުވެސް ނޫސްވެރިންނާ ވާހަކަދައްކަވަމުން މިފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެ ކަނޑުއޮޅި މުޅިން ބަންދުކުރުމުގެ އެއްވެސް ގަސްތެއް އީރާނުގެ ނެތް ނަމަވެސް، އެ ސަރަޙައްދު ރައްކާތެރިކުރުމުގެ ޙައްޤު އީރާނަށް ލިބިގެންވާ ކަމަށާއި، ދުޝްމަން ޤައުމުތަކާ ގުޅުންހުރި އުޅަނދުފަހަރަށް އެ ސަރަޙައްދަށް ވަނުމުގެ ހުއްދަ ނޯންނާނެ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

މީގެއިތުރުން، އިންޑިއާއާއި އީރާނާ ދެމެދު ކުރެވުނު ޑިޕްލޮމެޓިކް މަޝްވަރާތަކަކަށްފަހު، އިންޑިއާގެ ދިދަ ޖަހާފައިވާ އުޅަނދުފަހަރަށް އެ ސަރަޙައްދުން ދަތުރުކުރުމުގެ ހުއްދަ ދީފައިވާކަން، އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު މުޙައްމަދު ފަތުޙަލީ މިދިޔަ ހޮނިހިރު ދުވަހު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު