އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އީރާނުގެ އިންފްރާސްޓްރަކްޗާއަށް އެމެރިކާއިން އެއްވެސް ހަމަލާއެއް ދީފިނަމަ، އޭގެ ބަދަލު ހިފާނީ އާދަޔާ ހިލާފު ވަރުގަދަކޮށް ކަމަށް ބުނެ އީރާނުން ސީދާ އިންޒާރެއް ދީފިއެވެ.
މި އިންޒާރު ދެއްވާފައިވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ކުރީގެ ކޮމާންޑަރެއް ކަމަށްވާ މޮހްސެން ރަޒާއީއެވެ. ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ރަޒާއީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒު ކުރަށްވާފައެވެ. ރަޒާއީ ވިދާޅުވީ އީރާނުން ބަދަލުހިފުމަށް ނިކުމެއްޖެނަމަ، އެއްވެސް ބާރަކަށް އެކަން ނުހިފެހެއްޓޭނެ ކަމަށެވެ.
އީރާނުގެ ހަކަތައިގެ ދާއިރާއަށް ހަމަލާދިނުމަށް ރާވާފައިވާ ރޭވުންތައް ފަސް ދުވަހަށް މަޑުޖައްސާލާފައިވާ ކަމަށް ބުނެ ޓްރަމްޕް ދެއްކެވި ދެކޮޅުނުޖެހޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރަޒާއީ ވިދާޅުވީ، އީރާނުގެ އިންފްރާސްޓްރަކްޗަރަށް ކުޑަވެސް ގެއްލުމެއް ދީފިނަމަ، އޭގެ ބަދަލު ހިފާނީ މާ ނުރައްކާތެރިކޮށް ކަމަށެވެ.
"ދެން އަޅުގަނޑުމެންގެ ޖަވާބަކީ ލޮލަކަށް ލޮލެއް ނޫން. ލޮލަކަށް ބޮލެއް" ރަޒާއީ ވިދާޅުވިއެވެ.
ހަމައެއާއެކު ރަޒާއީ ވިދާޅުވީ ގަލްފުގައި ތިބި އެމެރިކާގެ ސިފައިން ޕެރެލައިޒް ކޮށްލުމުގެ ޤާބިލްކަން އީރާނަށް ލިބިގެންވާ ކަމަށެވެ. އަދި އެމެރިކާގެ ކޯސް ބަދަލު ކުރަން ބާކީ އޮތް މަދު ދުވަސް ކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އީރާނުން ވަނީ ޓްރަމްޕަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު