ކ. ކާށިދޫގައި ފުލުހުންގެ ޑިއުޓީގައިހުރި ކޯޕްރަލް އާދަމް ޙަލީމް މަރާލުމުގެ ތުހުމަތުގައި ދަޢުވާ އުފުލާފައިވާ ކ. ކާށިދޫ ސުވާސާގޭ މުޙައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
ކ. ކާށިދޫގައި 2012 ޖުލައި 23 ވަނަ ދުވަހު ފުލުހުންގެ ޑިއުޓީއަށް ކޯޕްރަލް އާދަމް ހަލީމް ދަނިކޮށް އޭނާއަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ސަމާހްގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައެވެ. ނަމަވެސް 12 އަހަރު ފަހުން 2024 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ޙުކުމް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ.
މީގެކުރިން މި މައްސަލާގައި ކްރިމިނަލް ކޯޓުން ސަމާހުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ އޭނާގެ އިއުތިރާފަށް ބަލައިގެންނެވެ. ނަމަވެސް 12 ނޮވެމްބަރު 2012 ގައި އޭނާ ވަނީ އިޢުތިރާފުން ރުޖޫޢަވެފައެވެ. އެހެންކަމުން، ހައްދުގެ މައްސަލަތަކުގައި މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމޭނީ އެ މީހަކު ދައްކާ ވާހަކަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމަށްފަހު ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.
އަދި މި މައްސަލައިގައި ހަމައެކަނި ސަމާޙުގެ އިއުތިރާފު ބަޔާނުގެ މައްޗަށް ތަހުގީގުންނާއި ޝަރީއަތުން ބަރޯސާވުމުގެ އާޚިރު ނަތީޖާއަކީ ފަހުގެ މަރުހަލާ ތަކުގައި ސަމާހު މުޅި ބަޔާނަށް އިންކާރުކޮށް، ކުށްކުރި ތަނުގައި އެގަޑީގައި އޭނާ ނުވެސް ނެތް ކަމަށް ބުނުން ކަމަށާއި، އަދި އިއުތިރާފު ބަޔާން ކަށަވަރުކޮށްދޭ އަދި ނަފީކޮށްދޭ މިނިވަން ހެއްކެއް ނުވަތަ ގަރީނާއެއް ޝަރިއަތުގެ ކުރިމަތީގައި ނެތުން ކަމަށް ސުޕްރީމް ކޯޓުން އޭރު ޙުކުމް ކޮށްފައިވެއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށްފަހު މިއަދު އިއްވާފައިވާ ޙުކުމުގައިވަނީ، ސަމާހުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށްވެސް ކޯޓުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު