ރިޔާސީ ޤަރާރެއްގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ ފެންނަނުފެންނަ ވޯޓު ނުވަތަ ރިފަރަންޑަމްތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭއިރު، އެކަމަށް ތާއީދުކުރާ މަޢުލޫމާތުގެ އިތުރުން އެކަމާ ދެކޮޅު ހުއްޖަތްތައްވެސް ހިމަނަންޖެހޭ ގޮތަށް ޤާނޫނު އިސްލާޙުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.
ޓްރާންސްޕޭރެންސީން މިކަމަށް ގޮވާލާފައިވަނީ ކުރިއަށް އޮތް އިންތިޚާބުތަކާ ގުޅޭގޮތުން އެ ޖަމްޢިއްޔާއިން ތައްޔާރުކުރި "ލީގަލް ރިވިއު" ރިޕޯޓުގައެވެ. މި ރިޕޯޓުގައިވާ ގޮތުން، މިހާރު ރާއްޖޭގައި އޮތް ނިޒާމުގެ ތެރެއިން ރިޔާސީ ޤަރާރެއްގެ ދަށުން ފެންނަނުފެންނަ ވޯޓެއް ކުރިއަށްގެންދާއިރު، މަޢުލޫމާތު ކަރުދާހުގައި ހިމަނަން ލާޒިމުކުރަނީ ހަމައެކަނި އެކަމަށް ތާއީދުކުރާ އުޞޫލުތަކެވެ. ނަމަވެސް، ވެނިސް ކޮމިޝަންގެ މިންގަނޑުތަކާ އެއްގޮތަށް ވޯޓުލާ މީހުންނަށް ހަމަހަމަ އަދި ފެންވަރު ރަނގަޅު މަޢުލޫމާތު ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަން އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ. އެހެންކަމުން، އެކަމަށް ތާއީދުކުރާ އަދި ދެކޮޅު ހަދާ ހުއްޖަތްތައް ހިމެނޭހެން ހަމަހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ލާޒިމްކުރާ ގޮތަށް ޤާނޫނު އިސްލާޙުކުރުން މުހިންމުކަމަށް އެ އިދާރާއިން ވަނީ ބަޔާންކޮށްފައެވެ.
ޓްރާންސްޕޭރެންސީން އިތުރަށް ބުނީ، ފެންނަނުފެންނަ ވޯޓުގައި އަހާ ސުވާލަކީ ޤާނޫނުއަސާސީގެ ކޮން މާއްދާއެއްގެ ދަށުން ލާޒިމުކުރާ ސުވާލެއްކަން ނުވަތަ އެ ބަދަލުގެ ސަބަބުން ނުކުންނާނެ ނަތީޖާ ވޯޓުލާ މީހުންނަށް ތަފްސީލުކޮށްދޭނެ އެއްވެސް މާއްދާއެއް މިހާރުގެ ޤާނޫނުގައި ނެތް ކަމަށެވެ. އެހެންކަމުން، ފެންނަނުފެންނަ ވޯޓުގައި އަހާ ސުވާލުގައި އިސްލާޙުކުރެވޭ ޤާނޫނުއަސާސީގެ މާއްދާއާއި އެ ބަދަލުގެ ސަބަބުން ކުރާނެ އަސަރު ސާފުކޮށް ބަޔާންކުރުން ލާޒިމުކުރަންޖެހެއެވެ. އަދި ރިޔާސީ ޤަރާރު ފައިނަލް ކުރުމުގެ ކުރިން، މިފަދަ މިންގަނޑުތަކަށް ނުފެތޭ ސުވާލުތައް އަލުން މުރާޖަޢާކުރުމަށް އަނބުރާ ފޮނުވާލުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމަށްވެސް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، މިފަދަ ވޯޓުތަކާ ގުޅިގެން ކެމްޕޭން ކުރާ ސިޔާސީ ޕާޓީތަކާއި ވަކިވަކި ފަރުދުން ޚަރަދުކުރެވޭނެ އެންމެ މަތީ މިންވަރެއް (ސްޕެންޑިންގ ކެޕް) ޤާނޫނުން ކަނޑައަޅަންޖެހޭ ކަމަށްވެސް ޓްރާންސްޕޭރެންސީގެ ރިޕޯޓުގައިވެއެވެ. ވޯޓުލާ މީހުންގެ ރަޖިސްޓްރީއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރަމުން އެ ޖަމްޢިއްޔާއިން ބުނީ، މިހާރު ޤާނޫނުގައި އޮންނަ 14 ދުވަހުގެ މުއްދަތަކީ ޝަކުވާ ހުށަހެޅުމާއި އިސްތިއުނާފަށް ބޭނުންވާ 25 ދުވަހާ އަޅާބަލާއިރު ކުރު މުއްދަތެއް ކަމަށެވެ. މީގެ ސަބަބުން ރަޖިސްޓްރީގެ މައްސަލަތަކަށް ޤާނޫނީ ހައްލެއް ހޯދުމުގެ ފުރުސަތު ގެއްލިގެންދާކަން ފާހަގަކޮށް، އެ މުއްދަތު 45 ދުވަހަށް އިތުރުކުރުމަށް ނުވަތަ އަވަސް ނިޒާމެއްގެ ތެރެއިން ޝަކުވާ ބެލޭނެ ގޮތެއް ހަމަޖެއްސުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ފެންނަނުފެންނަ ވޯޓު ފާސްވާ މިންވަރާ ގުޅޭގޮތުން ޓްރާންސްޕޭރެންސީން ފާހަގަކުރީ، މިހާރުގެ ޤާނޫނު އޮތްގޮތުން ވޯޓުލާން ނުކުންނަ މީހުންގެ އަދަދަށް ބެލުމެއްނެތި، ސައްހަ ވޯޓުގެ 50 އިންސައްތައަށްވުރެ ގިނަ ވޯޓު ލިބިއްޖެނަމަ އެ ނިންމުމަކީ ލާޒިމު ނިންމުމަކަށް ވާކަމަށެވެ. މީގެ ކުރިން އައްޑޫގައި ބޭއްވި ވޯޓުގައި ނުކުތީ އެންމެ 37 އިންސައްތަ މީހުން ކަމަށްވިޔަސް އެ ނިންމުމަށް ޢަމަލުކުރަން ޖެހުނުކަން އެ ޖަމްޢިއްޔާއިން ހަނދާންކޮށްދިނެވެ.
އެހެންކަމުން، ޤާނޫނުއަސާސީއަށް ދާއިމީ ބަދަލެއް ގެންނަ ފަދަ މުހިންމު ކަންކަމުގައި، ހަމައެކަނި ވޯޓުލީ މީހުންގެ އަގުލަބިއްޔަތަށް ބެލުމުގެ ބަދަލުގައި، ރަޖިސްޓްރީ ކުރެވިފައިވާ މީހުންގެ ވަކި އިންސައްތައެއްގެ ތާއީދު ލިބިގެން ނޫނީ ވޯޓު ފާސްނުވާނެ ގޮތަށް ޤާނޫނު އިސްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު