އެމެރިކާގެ އެއްގަމު ސިފައިން އިރާނަށް އަރައިފި ހާލަތެއްގައި، އެ ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރުމަށް ޗެޗްނިޔާގެ އަސްކަރީ ޔުނިޓްތަކުން ތައްޔާރަށް ތިބިކަން އިއުލާންކޮށްފިއެވެ.
ރަޝިޔާގެ ޗެޗްނިޔާ ޖުމްހޫރިއްޔާގެ ވެރިޔާ ރަމްޒާން ކަދީރޯވްއަށް ވަފާތެރި މި ލަޝްކަރުން ބުނެފައިވަނީ، އެމެރިކާ އާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ނުބައިކަމުގެ މައްޗަށް ހެޔޮކަން ކުރިހޯދުމަށް ކުރެވޭ "ޖިހާދެއް" ކަމަށާއި، އިސްލާމީ ޖުމްހޫރިއްޔާ ދިފާއުކުރުމުގައި އަމަލީގޮތުން ބައިވެރިވާން ތައްޔާރު ކަމަށެވެ.
މި ނިންމުން އައިސްފައިވަނީ އެމެރިކާ އާއި އިސްރާއީލުން އިރާނާ ދެކޮޅަށް ދެމުންދާ ހަމަލާތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައެވެ. ރިޕޯޓްތައް ބުނާގޮތުން، ވައިގެ މަގުން ދިން ހަމަލާތަކުން ބޭނުންވި ނަތީޖާ ނުލިބުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ ސިފައިން މިހާރު ދަނީ އެއްގަމު މަގުން އިރާނަށް އެރުމަށް ފައިބަމުންނެވެ.
މި ހަނގުރާމަ ފެށިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ދަނިކޮށް އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އިސް ކޮމާންޑަރުން އަދި ގިނަ އަދަދެއްގެ އާންމުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އިރާނުގެ މިނާބް ސަރަހައްދުން 170 އަށްވުރެ ގިނަ ސްކޫލް ކުދިން ވެސް ވަނީ ޝަހީދުވެފައެވެ.
މި ހަމަލާތަކުގެ ރައްދުގައި އިރާނުން ވަނީ އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް 86 ފަހަރެއްގެ މަތިން މިސައިލާއި ޑްރޯން ހަމަލާތައް ދީފައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި ހަނގުރާމައިގައި ޔޫކްރޭނުން ފާޅުގައި އެމެރިކާ އާއި އިސްރާއީލަށް ތާއީދުކޮށް، ސަތޭކައަށްވުރެ ގިނަ މާހިރުން އެ ސަރަހައްދަށް ފޮނުވައިގެން އަމަލީގޮތުން ބައިވެރިވަމުން ދިއުމަކީ ރަޝިޔާއަށް ދެވޭ އިންޒާރެކެވެ.
އިރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ވަނީ ޔޫކްރޭނުގެ މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު