ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް އަމާޒުކޮށްގެން އެމްޑީޕީން ކުރިއަށްގެންދާ "ހޭވައްލާ ތައްޔާރު" ކެންޕެއިން ނިންމާލުމުގެ ގޮތުން ބާއްވާ ހާއްސަ ހިނގާލުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް ނަޝީދު މިކަމަށް އެދިވަޑައިގަތީ އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ފޮނުއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ.
މި ހިނގާލުން އޮންނާނީ ކުރިއަށް އޮތް އޭޕްރިލް މަހުގެ 3 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި މާލޭ އާރޓީފިޝަލް ބީޗް ސަރަހައްދުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ދުވަހަކީ ވަރަށް މުހިންމު ދުވަހެއް ކަމަށާއި، ކެންޕެއިން ނިންމާލުމަށް ބާއްވާ މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ރައީސް ނަޝީދު މިކަމަށް އެދިވަޑައިގަތީ އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ފޮނުއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ.
"3 އޭޕްރިލް ވާ ހުކުރު ދުވަހަކީ ވަރަށް މުހިންމު ދުވަހެއް. އެ ދުވަހުގެ ހަވީރު 4:00 ގައި އާރޓީފިޝަލް ބީޗުން ފަށާ ހިނގާލުމަކީ، ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިޚާބުގެ "ހޭވައްލާ ތައްޔާރު" ކެންޕެއިން ނިންމާލުމަށް އެމްޑީޕީއިން ބާއްވާ… pic.twitter.com/mUJy42QfOh
— MDP Secretariat (@MDPSecretariat) March 31, 2026
މި ހިނގާލުން އޮންނާނީ ކުރިއަށް އޮތް އޭޕްރިލް މަހުގެ 3 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި މާލޭ އާރޓީފިޝަލް ބީޗް ސަރަހައްދުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެ ދުވަހަކީ ވަރަށް މުހިންމު ދުވަހެއް ކަމަށާއި، ކެންޕެއިން ނިންމާލުމަށް ބާއްވާ މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު