ކްރިކެޓްގެ ތެރެއިން ފުވައްމުލަކު ސިޓީއަށް މާލީ އަދި ފަތުރުވެރިކަމުގެ މަންފާ ހޯދައިދޭނެކަމުގެ ޔަގީންކަން ރައީސް ނަޝީދު ދެއްވައިފިއެވެ.
ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް، އިދިކޮޅު އެމްޑީޕީން މިރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރާއްޖޭގެ ކްރިކެޓް ޓީމުގައި މިހާރުވެސް އެންމެ ގިނައީ ފުވައްމުލަކަށް ނިސްބަތްވާ ކުޅުންތެރިން ކަމަށެވެ.
އެހެންކަމުން، ފުވައްމުލަކުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކްރިކެޓް މުބާރާތްތައް ބޭއްވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށާއި، މިކަމުގެ ސަބަބުން ފޯއްމުލަކަށް އިގްތިސާދީ ގޮތުންނާއި ޓޫރިޒަމްގެ ދާއިރާއިން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
އަދި މިފަދަ ކަންކަމަކީ ރަށު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާނެ ކަންކަން ކަމާމެދު އެމަނިކުފާނުގެ ހިތްޕުޅުގައި އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ފުވައްމުލަކުގެ ތަރައްގީއަށްޓަކައި އެމަނިކުފާނުގެ ޕާޓީގެ ހާއްސަ ވިސްނުމަކާއި ތަސައްވަރެއް އެބައޮތް ކަމަށެވެ.
އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި އެއީ ކުރަހާފައިވާ މަންޒަރެއް ކަމަށާއި، މިހާރު މަސައްކަތް ކުރަމުންދަނީ ރައްޔިތުންނާ ގުޅިގެން އެ މަންޒަރުގައި ކުލަޖެއްސުމަށެވެ.
ފުވައްމުލަކު ރައްޔިތުން "ތިލަފަތަށް" ވޯޓު ދޭންވީ ސަބަބާ މެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށް ވިދާޅުވަމުން، އެމަނިކުފާނު ވަނީ ކުރިއަށް އޮތް އިންތިހާބުގައި ހުރިހާ ރައްޔިތުންވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު