ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކައުންސިލް އިންތިހާބުގައި ވާދަކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިނަދޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނީ އެ ޕާޓީގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށް ވިދާޅުވެއްޖެ އެވެ.

އެ ސިޓީގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގެ ކަންކަން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް އަދި ރައްޔިތުންގެ ބައިވެރިވުން ހިމެނޭހެން ހިންގޭނީ އެމްޑީޕީގެ މެންބަރުން މަގާމުތަކަށް އިންތިހާބުވެގެން ކަމަށެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި ލާމަރުކަޒީ އުސޫލުން ރައްޔިތުންނާ ގާތުން ވެރިކަން ހިންގުމަކީ އެމްޑީޕީން އުފައްދައި، ދަމަހައްޓަމުންދާ ހާއްސަ ފިކުރެކެވެ.

މި އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހުރިހާ ރައްޔިތުން ވެސް "ތިލަފަތަށް" ވޯޓު ދެއްވުމަށް އިލްތިމާސް ކުރައްވަމުން ނަޝީދު ވިދާޅުވީ، މިއީ އެ ޕާޓީން ބާރުއަޅާ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

ކެމްޕެއިންގެ ތެރެއިން ބޮޑެތި އާބާދީތަކަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ނަޝީދު ވަނީ، އިންތިހާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނުމަށް ވެސް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު