ރަސްދޫއިންވެސް ރައީސް ނަޝީދުއަށް ހޫނު މަރުހަބާއެއް
ރަސްދޫއިންވެސް ރައީސް ނަޝީދުއަށް ހޫނު މަރުހަބާއެއް
ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އއ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލްގެ އިތުރުން ޕާޓީގެ އިސް ލީޑަޝިޕަށް އއ. ރަސްދޫއިންވެސް ވަރަށް ހޫނު މަރުޙާބާއެއް ކިޔައިފިއެވެ.

އުކުޅަހަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ރަސްދޫއަށް މަޑުކުރެއްވުމުން، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަޙައްދަށް ނުކުމެ އެ ބޭފުޅުންނަށް މަރުޙާބާ ދަންނަވާފައެވެ.

މި އިސްތިޤުބާލުގެ ތެރެއިން ފާހަގަކޮށްލެވުނު އެއް ކަމަކީ، ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދާ ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ރައީސް ނަޝީދަށް މަރުޙާބާ ކިޔުމަށް ނުކުމެ އުޅުނުކަމެވެ.





ރަށުގެ ރައްޔިތުންނާއެކު ފަތުރުވެރިންވެސް ވަނީ އެމްޑީޕީގެ ވަފުދަށް މަރުޙާބާ ކިޔުމުގައި ބައިވެރިވެ، ރައީސް ނަޝީދާއެކު ފޮޓޯ ނަގައި ޝުޢޫރުތައް ފާޅުކޮށްފައެވެ. މި ދަތުރުފުޅަކީ ކުރިއަށް އޮތް އިންތިޚާބަށް އަމާޒުކޮށް، އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.



ކިޔުންތެރިންގެ ހިޔާލު