ތޮއްޑޫއިން ރައީސް ނަޝީދުއަށް ހޫނު މަރުހަބާއެއް
ތޮއްޑޫއިން ރައީސް ނަޝީދުއަށް ހޫނު މަރުހަބާއެއް
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އއ. ތޮއްޑޫއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ރައީސް ނަޝީދު ތޮއްޑޫއަށް ކުރެއްވި މި ދަތުރުފުޅަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް ނަޝީދުގެ އަރިހުގައި އެމް.ޑީ.ޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.



ރައީސް ނަޝީދަށް ތޮއްޑޫއިން ހޫނު މަރުހަބާއެއް ކިޔައިފި


މި ވަފުދުގެ ބޭފުޅުން ތޮއްޑޫއަށް ވަޑައިގަތީ އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްޕޭން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޮނިހިރު ދުވަހުއެވެ.

ތޮއްޑޫގެ ބަނދަރު ސަރަހައްދުން ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވެއެވެ. މި ދަތުރުފުޅަކީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށާއި، ޕާޓީގެ ސިޔާސަތުތައް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ޕާޓީން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު