ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އަޅުވައި، ފެންމަތީގައި ބޭއްވުމަށްޓަކައި ސަރުކާރުން ބޭކާރު ހަރަދުތައް ކުޑަކޮށް، ވިޔަފާރިތަކަށް ލުއިވާނެ ގޮތަށް ތެލުގެ އަގުން ސަބްސިޑީ ދިނުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައްވައިފިއެވެ.
މޫސާ މަނިކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމުގެ އިގްތިސާދު ކުރިއަށްގެންދަން ސަރުކާރުން ބޭނުންވާނަމަ، އިންތިޚާބުތަކާ ދިމާކޮށް ވަޒީފާ ބެހުން ފަދަ ސިޔާސީ ހަރަދުތައް މިވަގުތުން މިވަގުތަށް މަޑުޖައްސާލަން ޖެހޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި ވިޔަފާރިތައް ހިންގޭނެ ފަދަ މާހައުލެއް ގާއިމުކުރުމަށްޓަކައި ތެލުގެ އަގުން ސަބްސިޑީ ދީގެން ވިޔަފާރިތަކަށް ނޭވާލެވޭނެ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން މޫސަ ވިދާޅުވީ، ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކުން ނަގާ ޗާޖުތައް ކުޑަކޮށް، އިތުރު ފްލައިޓްތަކަށް ފުރުސަތު ދީގެން ހެޔޮއަގުގައި ފަތުރުވެރިން ގެނެވޭނެ ލުއިތަކެއް ދޭންޖެހޭ ކަމަށެވެ. އަވަށްޓެރި ގައުމުތަކުން މިފަދަ ލުއިތައް ދެމުންދާއިރު، ރާއްޖޭގެ އަގުތައް ބޮޑުވުމުގެ ސަބަބުން ފަތުރުވެރިން ރާއްޖެއަށް އައުމުގެ ބަދަލުގައި ދުނިޔޭގެ އެހެން މަންޒިލްތަކަށް މިސްރާބު ބަދަލުކުރަމުންދާ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.
މީގެ އިތުރުން، މުދާ އުފުލާ ބޯޓުފަހަރުގެ ޚިދުމަތްތައް އަވަސްކުރުމަށާއި، ޕޯޓްތަކުން ނަގާ ޗާޖުތައް ކުޑަކުރުމަށްވެސް މޫސަ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ވިޔަފާރިތަކަށް މިވަގުތު ކުރިމަތިވެފައިވާ ދަތިތަކުން ސަލާމަތްވުމަށް މިފަދަ ފިޔަވަޅުތަކަކީ ކޮންމެހެން މުހިންމު ކަންކަން ކަމަށެވެ.
"ސަރުކާރުން ހޭއަރަން ވެއްޖެ،" އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅުއްވަމުން މޫސާ މަނިކު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ސިޔާސީ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ މިދަނޑިވަޅުގައި، މޫސަ މިވަނީ ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
މޫސަ މިހެން ވިދާޅުވެފައިވާއިރު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ވަނީ ނުތަނަވަސްވެ، ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައެވެ. މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ބައިނަލްއަޤުވާމީ އިޤުތިޞާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރަން ފަށާފައެވެ. މި ހަނގުރާމައިގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ފޯރުމުގެ ސަބަބުން، ރާއްޖޭގެ އިޤުތިޞާދަށްވެސް ބޮޑެތި ގޮންޖެހުންތަކާއި ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު