ރައީސް ނަޝީދު
ރައީސް ނަޝީދު
މި ސަރުކާރަށް އޮތީ ދެގޮތެއް ކަމަށާއި، އެއީ އެމަނިކުފާނު ޖަލަށްލުން ނޫނީ މި ވެރިކަން ނިންމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އއ. ތޮއްޑޫގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ކަންތައްތައް ވާނީ ދެ ގޮތަކުން ކުރެ އެއް ގޮތަކަށް ކަމަށެވެ. އެއީ އެމަނިކުފާނު އަނބުރާ ޖަލަށްލުން ނޫނީ މިހާރު އޮތް ވެރިކަން ނިންމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ސިޔާސީ މައިދާނުގައި މިހާރު ހިނގަމުންދާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމަނިކުފާނަކީ ސިޔާސީ މައްސަލަތަކުގައި އެތައް ފަހަރަކު ޖަލު ހުކުމްތައް ތަންފީޒު ކުރަށްވާފައިވާ ބޭފުޅެކެވެ.

އެގޮތުން، ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމުގައި ވެސް އެމަނިކުފާނު ވަނީ އެކި ފަހަރު މަތިން ޖަލަށް ލާފައެވެ. އޭގެ ފަހުން ރައީސް ވަޙީދާއި، ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެމަނިކުފާނު ވަނީ ޖަލުގައި ދުވަސްތަކެއް ހޭދަ ކުރަށްވާފައެވެ.

ސިޔާސީ އިސްލާހީ މަސައްކަތުގައި ގިނަ ހުރަސްތަކެއް ކަނޑައްތު ކުރެއްވި ރައީސް ނަޝީދު މިފަދަ ބަސްފުޅެއް ވިދާޅުވުމަކީ ސިޔާސީ މަސްރަހު އަނެއްކާވެސް ހަލަބޮލިވެގެންދާނެ ކަމެއްގެ ގޮތުގައި ސިޔާސީ މާހިރުން ގެންދަވަނީ ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު