އީރާނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ގަޒްވިންގެ ވައިގެ ސަރަހައްދަށް ވަން ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އެގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހުކުރު ދުވަހުގެ ހެނދުނު ބުނެފިއެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެ ގައުމުގެ އަސްކަރިއްޔާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އައި.އާރު.ޖީ.ސީ އިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ، މި ޑްރޯން ވައްޓާލާފައިވަނީ ގަޒްވިންގެ ވައިގެ ސަރަހައްދުގައި އުދުހެމުން ދަނިކޮށް އެގައުމުގެ ވައިގެ ދިފާއީ ނިޒާމުގެ އެހީގައި ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ޑްރޯނެއް ކަމެއް ނުވަތަ އެއީ ކޮން ބޭނުމަކު އުދުހުނު އެއްޗެއް ކަން އަދި ސާފުވެފައެއް ނުވެއެވެ.
މި ފަހަކަށް އައިސް އީރާނުގެ އެކި ސަރަހައްދުތަކުން ބޭރުގެ ޖާސޫސީ ޑްރޯންތައް ފެންނަ މިންވަރު އިތުރުވެފައިވާއިރު، އެގައުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަސްކަރިއްޔާއިން ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ. އީރާނުން މީގެ ކުރިން ވެސް ވަނީ އެގައުމުގެ ސަރަހައްދަށް ވަން އެމެރިކާ އާއި އިޒްރޭލުގެ ޑްރޯންތައް ވައްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު