ކަޝްމީރުގެ ކުޑަކުއްޖަކު އޭނާގެ ރައްކާކުރި ފައިސާ އިރާނަށް ހަދިޔާކޮށްފި
ކަޝްމީރުގެ ކުޑަކުއްޖަކު އޭނާގެ ރައްކާކުރި ފައިސާ އިރާނަށް ހަދިޔާކޮށްފި
އިރާނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ކަޝްމީރުގެ ކުޑަ އަންހެން ކުއްޖަކު އޭނާގެ ހުރިހާ ފައިސާއެއް ހަދިޔާކޮށްފިއެވެ.

މިއީ އިރާނަށް ދިމާވެފައިވާ ދަތި އުނދަގޫ ވަގުތުގައި އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ކަޝްމީރުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން ފެނިގެންދިޔަ ނަމޫނާ އަމަލެކެވެ.

އިރާނުގެ ރައްޔިތުންނަށް އެހީވުމަށް ކަޝްމީރުގެ ކުޑަ އަންހެން ކުއްޖެއްގެ ދީލަތި އެހީއެއް ކަޝްމީރުގެ މި ކުޑަ އަންހެން ކުއްޖާ ވަނީ އޭނާ ފައިސާ ރައްކާކުރަން ގެންގުޅޭ ކުޑަ ފޮށި (ޕިގީ ބޭންކް) ހުޅުވާލައި، އޭގައި ހުރި ހުރިހާ ފައިސާއެއް އިރާނުގެ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ.

މި ހިތްގައިމު މަންޒަރު ފެންނަ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުންދާއިރު، ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ. މި ކުއްޖާގެ އިތުރުން ކަޝްމީރުގެ އެކި ހިސާބުތަކުން އާންމު ރައްޔިތުންނާއި، ހުވަފަތް އަންހެނުންނާއި، އަދި ކުޑަކުދިން ވެސް އަންނަނީ އެމީހުންގެ އަތުގައި ހުރި ރަނާއި، ފައިސާ އަދި އަގުބޮޑު ތަކެތި އިރާނުގެ ރައްޔިތުންނަށް އެހީގެ ގޮތުގައި ފޯރުކޮށްދެމުންނެވެ.

މި އިންސާނީ އެހީތެރިކަމަށްޓަކައި އިންޑިއާގައި ހުންނަ އިރާނުގެ އެމްބަސީން ވަނީ ކަޝްމީރުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

އެމްބަސީން ހާމަކުރި ގޮތުގައި، ކަޝްމީރުގެ ރައްޔިތުން ދައްކުވައިދިން މި ލޯތްބާއި ހަމްދަރުދީއަކީ އިރާނުގެ ރައްޔިތުންނަށް މި ދަނޑިވަޅުގައި ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އަދި މިފަދަ ދީލަތި އަމަލުތައް އިރާނުގެ ރައްޔިތުން ދުވަހަކުވެސް ހަނދާން ނައްތާނުލާނެ ކަމަށް އެމްބަސީން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު