އީރާނާ ދެކޮޅަށް އެއްގަމު މަގުން އަސްކަރީ އޮޕަރޭޝަނެއް ފެށުމާ މެދު އެމެރިކާގެ ވައިޓް ހައުސް އިން ވިސްނަމުންދާ ދަނޑިވަޅެއްގައި، އިންޑިއާ ކަނޑުގައި އޮންނަ ފޯޅަވަހި (ޑިއޭގޯ ގާސިއާ) ގައި އެމެރިކާގެ މެރިން ސިފައިން ތަމްރީނުތަކެއް ފަށައިފިއެވެ.
ޔޫއެސް މެރިން ކޯ އިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، މި ތަމްރީނުތަކަކީ ކަނޑުމަގުން އައިސް އެއްގަމަށް އަރައި ދޭ ހަމަލާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހާއްސަ ހަރަކާތްތަކެކެވެ.
މި ތަމްރީނުތަކުގައި އެމެރިކާގެ 31 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓާއި، ޔޫއެސްއެސް ޓްރިޕޮލީ ހިމެނޭހެން ގިނަ އަދަދެއްގެ ސިފައިންނާއި އުޅަނދުތައް ބައިވެރިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ތަމްރީނުތައް ކުރިއަށް މިދަނީ އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ވަގުތެއްގައެވެ.
ވޮޝިންޓަނުން ދަނީ އީރާނުގެ އެކި ސަރަހައްދުތަކަށް އެއްގަމު މަގުން އަރައި، ވަކި އަމާޒުތަކަކަށް ހަމަލާދިނުމުގެ ފުރުސަތުތަކާ މެދު މަޝްވަރާ ކުރަމުންނެވެ. މިގޮތުން ޕެންޓަގަނުން މިހާރު ވެސް އެކި ރޭވުންތައް އެކުލަވާލަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، ޑިއޭގޯ ގާސިއާއަކީ މިފަދަ އޮޕަރޭޝަންތަކަށް ބޭނުންވާ ސިފައިންނާއި ހަތިޔާރު ފޮނުވުމަށް އެމެރިކާއަށް އޮތް އެންމެ މުހިންމު އެއް މަރުކަޒެވެ.
މީގެ އިތުރުން، ފާއިތުވި ދުވަސްތަކުގައި އީރާނުން ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދޭން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ އަސްކަރީ ގާބިލްކަން ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް ހަފުތާތަކުގައި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ.
މި ހުރިހާ ކަމެއް މިގޮތަށް ހުރިއިރު، ފޯޅަވަހީގައި ކުރިއަށްދާ މި ތަމްރީނުތަކަކީ ކުރިއަށް އޮތް ބޮޑު ހަނގުރާމައަކަށް އެމެރިކާ ތައްޔާރުވަމުންދާ ކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު