ގާނޫނުއަސާސީއަށް ދާދިފަހުން ގެނައި 47 ވަނަ އިސްލާހާއި، ހަތަރު ވަނަ އިސްލާހާ ގުޅޭގޮތުން މަޝްހޫރު ގާނޫނީ ވަކީލު މަހްފޫޒު ސައީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
މަޙްފޫޒު ވަނީ ސަރުކާރުން މި ބަދަލުތައް ގެނައި އަވަސްމިނާމެދު ސުވާލު އުފައްދަވައިފައެވެ. އެގޮތުން މަހްފޫޒު ވަނީ، މިއީ ބޮޑު މުސީބާތަކާ ކުރިމަތިވެގެން، އެ ނޫން ގޮތެއް ނެތިގެން ކުރަން ޖެހުނު ކަމެއްތޯ ސުވާލު އުފައްދަވާފައެވެ.
ހަމައެއައެކު މި ބަދަލުތަކުގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކާމެދު ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ދީފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚާއްޞަކޮށް، މިއީ ހަމައެކަނި "ތިމަން މަނިކުފާނު (ރައީސުލްޖުމްހޫރިއްޔާ) ބޭނުންފުޅުވާތީ" ކުރާ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވެފައިވާތީ އެކަން މަޙްފޫޒް ފާހަގަ ކުރެއްވިއެވެ.
މަޙްފޫޒް ވަނީ ގާނޫނުއަސާސީއަކީ އެހާ ފަސޭހައިން، އަދި އެހާ އަވަސް އަރުވާލައިގެން ބަދަލުކުރަން ޖެހޭ އެއްޗެއް ނޫން ކަމަށްވެސް ވިދާޅުވެފައެވެ.
މަޙްފޫޒް މިހެން ވިދާޅުވެފައިވާއިރު، ދެއިންތިޚާބު އެއްކޮށްލުމަށް މަޖިލީހުން ނިންމާފައިވާ ނިންމުމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓް މާދަމާ ނެގުމަށް އީސީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު