ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމާލުމަށް ބާއްވާ "ހިނގާލުމަށް" ހުރިހާ ބޭފުޅުން މިއަދު ހަވީރު 4:00 އަށް އާޓިފިޝަލް ބީޗަށް ވަޑައިގެން ދެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މިކަމާ ގުޅޭގޮތުން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، މި ހިނގާލުމުގައި އެމަނިކުފާނުވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މިއީ އިންތިޚާބުގެ ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި، އެމްޑީޕީގެ ލީޑަރޝިޕާއި، ރައީސް ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކޮށް ހިތްވަރު ދެއްވުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.





މިއަދުގެ ހިނގާލުމުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވުމަށް ރައީސް ނަޝީދު ގޮވާލަށްވާފައިވާއިރު، މި ހަރަކާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ރެފެރެންޑަމް އޮންނާނީ މާދަމާ އެވެ.



ކިޔުންތެރިންގެ ހިޔާލު