ފެންނަ ނުފެންނަ ވޯޓަކަށް ފަހު، ރިޔާސީ އިންތިޚާބު އެއް ބުރުން ކާމިޔާބު ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވެން އޮތް ހަމައެކަނި މަގަކީ އެއީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގަބޫލުފުޅު ކުރެއްވޭތީ ކަމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، ސަރުކާރުން މި ބިލު ހުށަހަޅާފައިވަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށާއި، އޭގެ އަސްލު މަގުސަދު އޮތީ ފޮރުވިފައި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރަންވާނީ ވޯޓުލާ މީހުންގެ 51 އިންސައްތަ ތާއީދާއެކު ކަމަށް ސަރީހަކޮށް ބަޔާންކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަލީމް ވިދާޅުވީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ ވާހަކަ ދައްކަނީ ދެވަނަ ބުރެއް ބޭއްވުން ނައްތާލުމަށް ކަމަށެވެ. އަދި މިހާރު މިދަނީ އެ މިސްރާބަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ގާނޫނުއަސާސީގައި މި ބުނަނީ 51 އިންސައްތަ ހޯދަންޖެހޭނެ ކަމަށް. މިއަދު މި ދައްކަނީ ދެ އިންތިޚާބު އެއްކޮށްލާ ވާހަކަ. އެކަމަކު ދެވަނަ ބުރާ ގުޅޭގޮތުން ގާނޫނުއަސާސީއަކަށް ބަދަލެއް ނުގެނޭ. މި ބިލަކުންވެސް އެކަމެއް ބަދަލެއް ނުވޭ. 51 އިންސައްތަ ނުލިބިއްޖެއްޔާ ދެވަނަ ބުރެއް ބާއްވަން ޖެހޭނެ. ވިސްނާލައްވާ، ފުރަތަމަ ބުރުގެ ތެރޭގައި މަޖިލިސް އިންތިޚާބު ނިމޭނެ. ދެން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވާއިރު ޚަރަދެއް ކުޑައެއް ނުވާނެ. އަދި ގާނޫނުއަސާސީ ބުނާ ގޮތުން 15 ނުވަތަ 20 ދުވަސް ތެރޭ ދެވަނަ ބުރު ބާއްވަން ޖެހޭ. އޭރު މަޖިލިސް އިންތިޚާބު އޮންނާނީ ނިމިފައި. އެހެންވީމާ މި ބުނާ 'ޗެކް އެންޑް ބެލެންސް' ނިޒާމު ހިނގާނެތޯ ސުވާލު އުފެދޭ،" ހަލީމް ވިދާޅުވިއެވެ.
ހަމައެއާއެކު ހަލީމް ވިދާޅުވީ، ރައީސް މުއިއްޒު އިޝާރާތް ކުރައްވާފައިވަނީ ފެންނަ ނުފެންނަ ވޯޓަށްފަހު ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި 51 އިންސައްތަ ހޯދަންޖެހޭ މާއްދާ އުވާލައި، އެންމެ ގިނަ ވޯޓު ލިބޭ މީހަކީ އިންތިޚާބު ކާމިޔާބު ކުރި މީހާ ކަމަށް ކަނޑައެޅުން ހިމެނޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، ކޮންމެ 100 މީހަކުން 70 މީހުން ބޭނުންނުވާ މީހަކު ރައީސްކަމަށް އަތުވެދާނެ ކަމަށާއި، މިއީ ރާއްޖެއަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"ރައީސް މުއިއްޒުގެ ހިތުގެ އަޑިން ގަބޫލުކުރައްވައިފި 2028 ގައި 100 އިން 70 މީހުން އެމަނިކުފާނަށް ތާއީދު ނުކުރާނެކަން. ރާއްޖޭގެ އަސްލު މެޖޯރިޓީ ދެން ދުވަހަކުވެސް ނުލިބޭނެކަން އެނގިވަޑައިގަންނަވާތީ، ގާނޫނުތަކާ ކުޅުއްވައިގެން ވެރިކަމުގައި ހުންނަން މި މަސައްކަތް ކުރައްވަނީ،" ހަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ގާނޫނީ މާހިރުން ފާހަގަކުރާ ފަދައިން، މި ގެންނަ ބަދަލުތަކުގެ ތެރެއިން ރިޔާސީ ދައުރު 20 އަހަރަށް އިތުރުކުރުމުގެ މަގުވެސް ފަހިވެގެންދާނެ ކަމަށް ހަލީމް ވިދާޅުވިއެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ސަރުކާރުގެ ނުފޫޒަށް ލެނބިގެން ނުވާނެ ކަމަށާއި، މިހާރުވެސް ކަންކަން ހިނގަމުންދަނީ ވަކި ނަތީޖާއެއް ނެރުމަށް މަގުފަހިވާ ގޮތަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު