ފައިސާއަށް ވޯޓު ވިއްކުމާއި، ވޯޓާ ގުޅުވައިގެން ހޯދާ އެކި ބާވަތުގެ މުދަލާއި ޚިދުމަތްތަކަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ރިޝްވަތުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ މީސްމީޑިއާ މެދުވެރިކޮށް ދެއްވި ނަސޭޙަތެއްގައެވެ. މި ނަސޭޙަތުގައި އެމަނިކުފާނު ވަނީ ރިޝްވަތުގެ ނުބައިކަމާއި، އޭގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ލިބޭނެ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.
ކީރިތި ޤުރުއާނުގެ އާޔަތްތަކަށް ރިޢާޔަތް ކުރަށްވައި ޑރ. ޖަމީލް ވިދާޅުވީ، މާއިދާ ސޫރަތުގެ 42 ވަނަ އާޔަތުގައި الله ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިން، ދޮގުބަސްތައް އަހާ މީހުންނާއި ޙަރާމް މުދާ (ރިޝްވަތު) ކާ މީހުންނަކީ މަގުފުރެދިފައިވާ ބައެއް ކަމަށެވެ. އަދި ބަޤަރާ ސޫރަތުގެ 188 ވަނަ އާޔަތުގައި ޙަރާމް އަދި ބާތިލް ގޮތުގައި މީހުންގެ މުދާ ނުކެއުމަށް އަންގަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރިޝްވަތުގެ ނުރައްކާތެރިކަން ހާމަކުރައްވަމުން ޑރ. ޖަމީލް ވިދާޅުވީ، ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވަނީ ރިޝްވަތު ދޭ މީހާއާއި ރިޝްވަތުގައި ހިފާ މީހާގެ މައްޗަށް الله ތަޢާލާގެ ލަޢުނަތް ހުރި ކަމަށެވެ. އަދި އެފަދަ މީހުންނަކީ ނަރަކަވެރިން ކަމުގައިވެސް ޙަދީޘްފުޅުތަކުން އެނގެން އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރިޝްވަތަކީ އުއްމަތުގެ އިޖްމާޢުން ބޮޑުވެގެންވާ ޙަރާމްކަމެއް. ޢިލްމުވެރިން ވިދާޅުވަނީ ރިޝްވަތުގެ ތެރޭގައި ހަމައެކަނި ފައިސާއެއް ނޫން، މުދަލާއި، ޚިދުމަތްތަކާއި، ނުޙައްޤު މަޤާމްތައްވެސް ހިމެނޭކަމަށް،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ރިޝްވަތުގެ ސަބަބުން ކުރިމަތިވާނެ ނުބައި ނަތީޖާތަކުގެ ތެރޭގައި الله ތަޢާލާގެ ރަޙްމަތުން ބަރީއަވުމާއި، ނިކަމެތިންނާއި އަނިޔާލިބޭ މީހުންގެ ޙައްޤުތަކަށް އަރައިގަނެވުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީގެ އިތުރުން، ތިމާގެ ދަރިންނާއި ނަސްލަށް މީގެ ނުބައި އަސަރުކޮށް، ނޭނގޭ ފަދަ ބޮޑެތި މުސީބާތްތަކުގެ ތެރެއަށް ޣަރަޤުވެގެންދާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.
އޭގެއިތުރުން ޑރ. ޖަމީލް ވިދާޅުވީ، ވޯޓު ވިއްކުމާއި، ވޯޓާ ގުޅުވައިގެން މީހުންގެ އަތުން ހޯދާ ތަކެއްޗާއި، އަދި ދީނީ އަޅުކަމެއްގެ ނަމުގައި ހޯދާ އުމްރާ ދަތުރު ފަދަ ކަންކަމަކީވެސް ބާތިލް ގޮތުގައި ހޯދާ ތަކެތި ކަމަށެވެ. އަދި މިއީ ޢިލްމުވެރިންގެ ނަޒަރުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެމަނިކުފާނު ހަނދާން ކޮށްދެއްވިއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު މާދަމާ އޮންނަ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ލައްކައިން އިނާމު ލިބޭ ކުޅިވަރު މުބާރާތްތަކާއި، ޢުމްރާ ދަތުރުތައް ދިނުމަށް ބައެއް ބޭފުޅުން ހުށައަޅުއްވަމުން ގެންދަވާ ކަމުގެ އަޑުތައް މީސްމީޑީއާގައި ވަނީ ގަދަ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު