ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ނިންމާލުމަށް އެމްޑީޕީން ބާއްވާ ބޮޑު ހިނގާލުން އެތައްހާސް މެންބަރުންނާއެކު މާލޭގައި ފަށައިފިއެވެ.
މިހިނގާލުން ކުރިއަށްދާއިރު އެމްޑީޕީ މެންބަރުންގެ ފަރާތުން އާދަޔާ ޚިލާފު ރޫޙެއް ދަނީ ފެންނަމުންނެވެ. އާޓިފިޝަލް ބީޗުން މިއަދު ހަވީރު 4:00 ގައި ފެށުނު މި ހިނގާލުމުގައި އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުން ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
މި ހިނގާލުމަކީ ފަހަކަށް އައިސް އެމްޑީޕީން މާލޭގައި ބާއްވާ އެންމެ ބޮޑު ހިނގާލުމެވެ.
މި ހިނގާލުން ލީޑް ކުރަށްވަނީ އެމްޑީޕީގެ ކުރީގެ ދެރައީސުން ކަމަށްވާ ރައީސް ނަޝީދާއި، ރައީސް ޞާލިޙެވެ. އޭގެ އިތުރުން ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ތަމްސީލު ކުރަށްވާ ކެންޑިޑޭޓުންވެސް ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
ލޯކަލް ކައުންސިލްގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ރެފެރެންޑަމް އޮންނާނީ މާދަމާ އެވެ.
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް، ކެމްޕޭން ކުރުމުގެ ފުރުޞަތު ހަމަވާނީ، މިއަދު އިރުއޮއްސި 6:00 އަށެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026
— MDP Secretariat (@MDPSecretariat) April 3, 2026
ހޭވައްލާ ތައްޔާރު ކެމްޕޭން ނިންމާ ހިނގާލުން ކުރިއަށްދަނީ
އެންމެންގެ ވޯޓު ތިލަފަތަށް⚖️☑️ #HeyvallaThayyaaru#GearUp#LCE2026#WDC2026#VoteMDP pic.twitter.com/75k8Uubavz
މި ހިނގާލުން ލީޑް ކުރަށްވަނީ އެމްޑީޕީގެ ކުރީގެ ދެރައީސުން ކަމަށްވާ ރައީސް ނަޝީދާއި، ރައީސް ޞާލިޙެވެ. އޭގެ އިތުރުން ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ތަމްސީލު ކުރަށްވާ ކެންޑިޑޭޓުންވެސް ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 2026
— MDP Secretariat (@MDPSecretariat) April 3, 2026
ހޭވައްލާ ތައްޔާރު ކެމްޕޭން ނިންމާ ހިނގާލުން ފޯރިއާއި އެކު ކުރިއަށްދަނީ
އެންމެންގެ ވޯޓު ތިލަފަތަށް⚖️☑️ #HeyvallaThayyaaru#GearUp#LCE2026#WDC2026#VoteMDP pic.twitter.com/qqfbchIa6d
ލޯކަލް ކައުންސިލްގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ރެފެރެންޑަމް އޮންނާނީ މާދަމާ އެވެ.
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް، ކެމްޕޭން ކުރުމުގެ ފުރުޞަތު ހަމަވާނީ، މިއަދު އިރުއޮއްސި 6:00 އަށެވެ.
ކިޔުންތެރިންގެ ހިޔާލު