ކުރިއަށް އޮތް އިންތިޚާބުތަކާ ދިމާކޮށް މި ސަރުކާރުން ކެމްޕެއިންގެ ބޭނުމަށް ނާޖާއިޒް ގޮތުގައި 90 މިލިއަން ރުފިޔާ ހޯދައި، އެ ފައިސާ ރަށްރަށުގައި ދައުރުކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ތުހުމަތު ކުރަށްވައިފިއެވެ.
ހުކުރު ދުވަހު އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ، ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިންތިޚާބު އަދި ރެފަރެންޑަމްއާ ދިމާކޮށް ސަރުކާރުން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގަމުންދާ ކަމަށެވެ.
ނިޔާޒް ވިދާޅުވީ ދައުލަތުގެ އެކިއެކި މުއައްސަސާތައް މެދުވެރިކޮށް ނާޖާއިޒް ގޮތުގައި ކެމްޕެއިނަށް ފައިސާ ހޯދަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އެގޮތުން، މިދިޔަ ހަފްތާގެ ތެރޭގައި ހުޅުމާލޭގެ ޕާކިންގ ސްލޮޓްތަކެއް އިއުލާނު ކުރުމެއްނެތި ވިއްކާލައިގެން 90 މިލިއަން ރުފިޔާ ހޯދާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ފައިސާ މިހާރު ރާއްޖޭގެ އެކި ރަށްތަކަށް ފޮނުވައި، ކެމްޕެއިންގެ ކަންކަމުގައި ދައުރު ކުރަމުންދާ ކަމަށްވެސް ނިޔާޒް ތުހުމަތު ކުރެއްވިއެވެ.
އިންތިޚާބާ ދިމާކޮށް ސަރުކާރުން ހިންގާ ކަމަށް ބުނާ މިފަދަ ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން އެމްޑީޕީން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ޕާޓީން ބުނާ ގޮތުގައި، މުސާރަ ބޮޑުކުރުމާއި، ޕްރޮމޯޝަން ދިނުމާއި، ވަޒީފާތައް ބެހުމުގެ އިތުރުން ހައުސިން މަޝްރޫއުތަކުގެ ކުލި ކުޑަކުރަމުންދަނީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައެވެ.
މި މައްސަލަތަކާ ގުޅިގެން އެމްޑީޕީން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެކި ފަހަރު މަތިން މައްސަލަ ހުށަހަޅާފައެވެ. އަދި ސަރުކާރުން ފާޅުގައި ރިޝްވަތު ބަހަމުންދާއިރު އޭސީސީން އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް ބުނެ، އެމްޑީޕީން ވަނީ ބުދަ ދުވަހު އެ ކޮމިޝަނަށް ގޮސް މުޒާހަރާކޮށް، ކޮމިޝަންގެ ރައީސް އާދަމް ޝާމިލްގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.
އެމްޑީޕީން އިތުރަށް ބުނީ، މިހާ ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނާ ޚިލާފު އަމަލުތައް ހިންގަމުންދާއިރު، އޭސީސީ "ކޯމާއެއްގައި" އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު