އަޝްވާގް ފައުޒީ   4 އޭޕްރީލު 2026 - 9:39
ރައީސް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވަނީ / ފޮޓޯ: ދަ ޕްރެސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވަނީ / ފޮޓޯ: ދަ ޕްރެސް
މިއަދު ބާއްވަމުންދާ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގެ އިތުރުން ރެފަރަންޑަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވޯޓު ދެއްވައިފިއެވެ.

ރައީސް ވޯޓުލެއްވުމަށް ވަޑައިގަތީ ތާޖުއްދީން ސްކޫލުގައި ގާއިމުކޮށްފައިވާ ވޯޓުލާ މަރުކަޒަށެވެ.

ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ވޯޓުލުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ އަދި ގާނޫނީ ހައްގެއްކަން ފާހަގަކުރެއްވިއެވެ.

އަދި އެ ހައްގުގެ ބޭނުން ފުރިހަމައަށް ހިފުމަށްޓަކައި، ވީހާވެސް ގިނަ ރައްޔިތުން ވޯޓުލާން ނުކުތުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިއަދު ހެނދުނު 8:00 ޖެހިއިރު ފެށި މި އިންތިހާބުތަކުގެ ވޯޓުލުން މެދުކެނޑުމެއް ނެތި ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު