މިއަދު ކުރިއަށްދާ ދެ އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ބައިވެރިވާ ހުރިހާ ރައްޔިތުން ވެސް، ހުރިހާ ވޯޓު ކަރުދާހެއް ނެގުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިލްތިމާސްކޮށްފިއެވެ.
ޓްރާންސްޕޭރެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަދުގެ ވޯޓުލުމުގެ ކަންކަން އެ ޖަމިއްޔާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން މާލޭގެ އިތުރުން ރާއްޖޭގެ 15 އަތޮޅެއްގައި އެ ޖަމިއްޔާގެ މޮނީޓަރުން ހަރަކާތްތެރިވަމުންދާ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.
ޓްރާންސްޕޭރެންސީން މިގޮތަށް އިލްތިމާސްކޮށްފައިވަނީ، ވޯޓުލާންދާ މީހަކު ދެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ތެރެއިން އެއް ވޯޓު ނުލާން ބޭނުންވާ ހާލަތުގައި، އެމީހެއްގެ މައުލޫމާތު އާންމު ކުރަން އިލެކްޝަންސް ކޮމިޝަނުން ރޭ ނިންމި ނިންމުމާ ގުޅިގެންނެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި އެ ނިންމުމަކީ ވޯޓުގެ ސިއްރުކަން ގެއްލިގެންދާނެ ކަމެކެވެ.
މީގެ އިތުރުން، މި ނިންމުމަކީ ކުރިއާލައި ރައްޔިތުންނަށާއި، އިންތިހާބުގެ މަސްލަހަތުވެރިންނަށާއި، އަދި އިންތިހާބު ރާވައި ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާ އޮފިޝަލުންނަށް ތަމްރީނުތަކުގައި ކިޔާދެވިފައި ނުވާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ ޖަމިއްޔާއިން ބުނީ މި ނިންމުމުގެ ސަބަބުން އެކި ވޯޓުލާ މަރުކަޒުތަކުގެ އިދާރީ ރޭވުންތަކާއި ވޯޓުގެ އިޖުރާއަތުގައި ތަފާތުތަކެއް ހުރެ، އޮޅުންއެރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންގެ ވޯޓުގެ ސިއްރުކަން ގެއްލުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.
"ޓްރާންސްޕޭރެންސީ މޯލްޑިވްސް ބާރުއަޅަނީ ވޯޓުލާން ދާ ފަރާތްތަކުން ހުރިހާ ވޯޓު ކަރުދާހެއް ހޯދުމަށް އެދި، އެ ފަރާތްތަކުގެ ވޯޓުލާން ބޭނުންވާ ގޮތް ވޯޓުލާ ބޫތުގައި އިހުތިޔާރު ކުރުމަށެވެ. ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށްޓަކައި ވޯޓުލާ މީހަކު ވޯޓުލުމަށް ނުވަތަ ނުލާން ނިންމާ ނިންމުމެއް، ވޯޓުލާ އޮފިޝަލުންނަށް އަންގާ އޮބްޒާވަރުންނަށް އިއުލާނުކުރާކަށް ނުޖެހޭނެ،" އެ ބަޔާނުގައިވެއެވެ.
ޓްރާންސްޕޭރެންސީން ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ވީހާވެސް ގިނަ ރައްޔިތުން ނުކުމެ ވޯޓުލުމަށް އިލްތިމާސްކޮށްފައެވެ. އަދި ވޯޓުލުން ނިމުމަށްފަހު ވެސް ގައުމުގެ ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުކުރެވިފައި އޮތްކަން ކަށަވަރު ކުރުމަށް ކަމާބެހޭ އިދާރާތަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު