ހައްގުތައް ހޯދުމަށް އިހުތިޖާޖު ކުރުމަކީ އެއްވެސް މަސައްކަތްތެރިއަކު ޑީޕޯޓްކޮށްލަންޖެހޭ ސަބަބެއް ނޫން ކަމަށާއި، ބޮލިދުއްފަރު ފަޅުގައި ހަދަމުންދާ ރިސޯޓެއްގެ މަސައްކަތްތެރިން ޑީޕޯޓްކުރަން ނިންމި ނިންމުން ވަގުތުން ބާތިލުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ގޮވާލައިފިއެވެ.
ބޮލިދުއްފަރު ފަޅުގައި ތަރައްގީ ކުރަމުންދާ ރިސޯޓެއްގެ ބިދޭސީ މަސައްކަތްތެރިންނަށް 6 މަސްދުވަހުގެ މުސާރަ ނުދޭކަމަށް ބުނެ، މިދިޔަ ހަފުތާގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، ބިދޭސީ 21 މަސައްކަތްތެރިއަކު އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިވާތީ ޓްރާންސްޕޭރެންސީން ވަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ބޮލިދުއްފަރު ފަޅުން 34 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ރިސޯޓެއް ހަދަނީ ދުބާއީގެ ޑަމަކްސް ޕްރޮޕަޓީސް އިންނެވެ. އަދި ރިސޯޓްގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލުކޮށްފައި ދިވެހި ކުންފުންޏަކާއެވެ.
ފުލުހުން ބުނެފައިވަނީ، އިހުތިޖާޖުގައި ބައިވެރިވި ބިދޭސީންގެ ތެރެއިން 21 މީހަކު ވަނީ ޑީޕޯޓްކޮށްލުމަށް ސީދާ އެއާޕޯޓަށް ގެންގޮސްފައި ކަމަށެވެ. އަދި އޭގެތެރެއިން އެކަކު ފުރާފައިވާއިރު، ފުރަން ދެކޮޅުހެދި 20 މަސައްކަތްތެރިއަކު މިހާރު ތިބީ އިމިގްރޭޝަނާއި ވަޒީފާދިން ފަރާތުގެ ނިންމުމަކަށް ބެލުމަށްޓަކައި ބަންދުގައެވެ.
އެކަމާގުޅިގެން ޓްރާންސްޕޭރެންސީން ބުނީ، ސުލްހަވެރިކަމާއެކު ހައްގުތައް ހޯދަން މަސައްކަތްކުރާ ފަރާތްތަކާމެދު މިފަދަ ފިޔަވަޅުތައް އެޅުމަކީ އަސާސީ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން، ވަޒީފާ އަދާކުރާ ކޮންމެ މީހަކަށްމެ މަސައްކަތް ހުއްޓާލުމާއި ހަޅުތާލުކުރުމުގެ މިނިވަންކަން ލިބިދީފައިވާއިރު، އެ ހައްގުގެ ބޭނުން ހިފުމުން ބަންދުކުރުމާއި، ބިރުދެއްކުމާއި އަދި ބަދަލުހިފުމުގެ އަމަލުތައް ހިންގައިގެން ނުވާނެ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
މި މައްސަލައިގައި ޓްރާންސްޕޭރެންސީން ވަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މުހިންމު ކަންތައްތަކަކަށް ގޮވާލާފައެވެ. އެގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ބަންދު ކޮށްފައިވާ މަސައްކަތްތެރިން ވަގުތުން ދޫކޮށްލުމަށާއި، ގާނޫނީ ހައްގު ބޭނުން ކުރުމުގެ ސަބަބުން އެއްވެސް މީހަކަށް އަދަބު ނުދިނުން ކަށަވަރު ކުރުމަށް ގޮވާލާފައިވެއެވެ.
ހަމައެއާއެކު މިކަމުގައި އިންސާނީ ހައްގުތަކަށް އަރައިގަނެވިފައިވާ މިންވަރު ބަލައި ތަހުގީގު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ގޮވާލާފައިވާއިރު، ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އިން މި އިހުތިޖާޖު ކުރަން މެދުވެރިވި ސަބަބުތައް ތަހުގީގުކޮށް، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޖަމިއްޔާއިން ގޮވާލާފައިވެއެވެ.
ޝަރުއީ އަދި ގާނޫނީ ހަމަތަކުން ބޭރުން މަސައްކަތްތެރިން ޑީޕޯޓްކޮށްލުމަކީ ހަމައެކަނި ކުންފުނިތައް ހިމާޔަތް ކުރުމަށް ކުރެވޭ ކަމެއް ކަމަށާއި، ވަޒީފާގެ މާހައުލުގައި ހިންގާ ގާނޫނާ ހިލާފު އަމަލުތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތު ބިދޭސީ މަސައްކަތްތެރިންނަށްވެސް އޮންނަންޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި ވަޒީފާ ދޭ އެޖެންސީތަކާއި ކުންފުނިތައް ޖަވާބުދާރީ ކުރުވައި، އެ ފަރާތްތަކުން ގާނޫނުން ބޭރުން ހޯދާ އިމްތިޔާޒުތައް ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު