ތިނަދޫ މޭޔަރ ސައުދު
ތިނަދޫ މޭޔަރ ސައުދު
މިއަދު ބޭއްވި ކައުންސިލް އިންތިހާބުގައި ތިނަދޫ ސިޓީގެ މޭޔަރުކަމުގެ ގޮނޑި، މިހާރުގެވެސް މޭޔަރު ސައުދު އަލީ ދިފާއު ކުރަށްވާފައިވާކަން ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

ނިއުޅެމުންދާ ނަތީޖާތަކަށް ބަލާއިރު، ސައުދު އަލީ އާއި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ކުރިމަތިލެއްވި މުހައްމަދު އަޖީބާއި ދެމެދުގައި ނަތީޖާގެ މާބޮޑު ފަރަގެއް ނެތެވެ. ދެ ބޭފުޅުން މެދުގައި އޮތީ ފަންސާހަކަށް ވޯޓުގެ ފަރެގެކެވެ. 

މިއިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ބޮޑުތަނުން ކުރި ހޯއްދަވަމުން ގެންދަވާއިރު ސިޔާސީ އިސްބޭފުޅުން ގެންދަވަނީ ސަރުކާރުން ބަލި ޤަބޫލު ކުރުމަށް ގޮވާލަށްވަމުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ނުހަނު މުހިންމު މި އިންތިޚާބުގައި، ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަންޖެހޭ ގޮނޑިތަކަށް 1،368 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް 1،593 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.

ވޯޓު ފޮށިތައް ބަންދުކުރުމަށްފަހު، މިހާރު ކުރިއަށްދަނީ ވޯޓު ގުނުމުގެ މަސައްކަތެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް