މިއަދު ބޭއްވި އިންތިހާބުތަކުގެ ނަތީޖާއަކީ ދިވެހި ސަރުކާރުން ބާރުތައް މަސްހުނިކުރުމާއި، ގައުމުގެ އިގުތިސާދު ފަނާކުރުމުގެ އިތުރުން، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ދިން ވަރުގަދަ އަދި ސާފު މެސެޖެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ވާދަވެރި އިންތިހާބުތަކުގައި އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެން، އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވަނީ އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ފައްޔާޒް ވިދާޅުވީ މި ކާމިޔާބީގެ އަސްލަކީ ޕާޓީގެ ހިތްވަރުގަދަ އާންމު މެންބަރުން ކަމަށެވެ. މީގެ އިތުރުން، އެއް އަމާޒަކަށް މަސައްކަތް ކުރެއްވި ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސާލިހު، އަދި އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އަބްދުުލްޣަފޫރު މޫސާ އާއި ލީޑާޝިޕަށް ފައްޔާޒް ވަނީ ޝުކުރު އަދާކުރަށްވާފައެވެ.
މިއަދުގެ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ދިވެހި ރައްޔިތުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ސާފުކޮށް "ނޫނެކޭ" ބުނެފައި ކަމަށް ފައްޔާޒް ވަނީ ވިދާަޅުވެފައެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއަށް އިތުބާރުކޮށް، ރައީސްގެ ހުދުމުހުތާރު އެޖެންޑާއާ ދެކޮޅަށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށް ފައްޔާޒް
ޝުކުރު ދެންނެވިއެވެ.
"މިއީ ބާރުތައް މަސްހުނިކުރުމާއި، އިގުތިސާދު ފަނާކުރުމާއި، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ދިން ސާފު މެސެޖެއް. މިއީ އިދިކޮޅު ފަރާތްތަކުން ހިޔާލު ތަފާތުވުންތައް އެއްކިބާކޮށް ގައުމީ މަސްލަހަތަށް މަސައްކަތް ކުރުމުގެ ނަތީޖާ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ރައްޔިތުންގެ އަޑު އުފުލައި، މި ސަރުކާރު ބަދަލުކުރުމުގެ ޒިންމާ އުފުލަން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށާއި، ދިވެހިރާއްޖެ އަލުން ހޯދުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު