ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މާދަމާ ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން ބުނީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން 6 އޭޕްރީލްވާ ހޯމަދުވަހު ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅުގެ ހުރިހާ އިންތިޒާމުތަކަކާއި، މެހުމާންދާރީގެ ކަންކަމުގެ އިތުރުން ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ކަމަށެވެ.
އަދި މި ދަތުރުފުޅާ ގުޅޭ ހުރިހާ އިންތިޒާމުތަކެއް މިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ނިންމަވައި ހަމަޖައްސަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު