އިއްޔެ ނިމިގެންދިޔަ އިންތިޚާބުތަކުގައި އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީގެ އުފާ ފާޅުކުރުމަށް ބާއްވާ ބޮޑު ހަފްލާ، މާދަމާ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން ބުނީ، މި ހަރަކާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގޮނޑިތައް ކާމިޔާބުކުރި އެ ޕާޓީގެ ކެނޑިޑޭޓުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީން ވަނީ ރާއްޖޭގެ ހުރިހާ ސިޓީތަކެއްގެ މޭޔަރުކަމުގެ ގޮނޑިތައް ކާމިޔާބުކޮށް، ސިޔާސީ ގޮތުން ވަރުގަދަ މެސެޖެއް ދީފައެވެ. މީގެ އިތުރުން، އިންތިޚާބުތައް އެއްކޮށްލުމާމެދު ނެގުނު ރިފަރެންޑަމްގައިވެސް ރައްޔިތުން ނިންމާފައިވަނީ އެމްޑީޕީން ބޭނުންވި ގޮތަށެވެ.
މިއީ ސަރުކާރުގެ ނުފޫޒާއި ދައުލަތުގެ ވަސީލަތްތަކާ ދެކޮޅަށް ހޯދި ފުރިހަމަ ނަތީޖާއެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.
މާދަމާ ރޭގެ ރަސްމީ ހަފްލާގެ ކުރިންވެސް، ރާއްޖޭގެ އެކި ރަށްތަކުގައި އެމްޑީޕީގެ ސަޕޯޓަރުން ދަނީ މި ކާމިޔާބީގެ އުފާ ފާޅުކުރަމުންނެވެ. އެމްޑީޕީން ބުނާ ގޮތުގައި މި ނަތީޖާއަކީ ރައްޔިތުން ގައުމުގެ މިސްރާބާ މެދު ދެކޭގޮތް ވަރަށް ސާފުކޮށް ހާމަވެގެންދިޔަ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު