އައިޝަތު މަސާލަތު
އައިޝަތު މަސާލަތު
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި، ޅ. ހިންނަވަރު ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އައިޝަތު މަސާލަތު ބޮޑު ތަފާތަކުން ކާމިޔާބު ކުރަށްވައިފިއެވެ.

އިއްޔެގެ އިންތިޚާބަކީ އެ ދާއިރާގެ ސިޔާސީ ފޯރި ގަދަވެފައިވާ ދަނޑިވަޅެއްގައި ބޭއްވުނު މުހިންމު އިންތިޚާބެކެވެ. ހިންނަވަރަކީ މިސަރުކާރުގެ ނުފޫޒުގަދަ ސިއްޙަތާ ބެހޭ ވަޒީރު ނާޒިމްގެ އުފަން ރަށެވެ.

އައިޝަތު މަސާލަތު މި ގޮނޑި ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓާއި ވާދަކޮށް، ގިނަ އަދަދެއްގެ ވޯޓު ހޯއްދަވައިގެންނެވެ. މިއީ އެމްޑީޕީއަށް އެ ދާއިރާއިން ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއްގެ ގޮތުގައި އެ ޕާޓީން ފާހަގަކުރެއެވެ.

ހިންނަވަރު ދާއިރާއަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އުފަންވެވަޑައިގެންނެވި ރަށް ކަމަށްވުމާއެކު، މި ކާމިޔާބީއަކީ އެމްޑީޕީގެ ތާއީދު އެ ރަށުގައި އަދިވެސް ވަރުގަދަކަން ހާމަކޮށްދޭ ހެއްކެއް ކަމަށް ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މާދަމާރޭ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް އެޕާޓީން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި އިންތިޚާބުގައި އެމްޑީޕީން ވަނީ ރާއްޖޭގެ 5 ސިޓީ ކައުންސިލްގެ މެޖޯރިޓީ ހޯދާފައެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ވަރަށް އަވަހަށް އިޢުލާން ކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު