މިނިސްޓަރ ޝިޔާމް އަދި ޝިފާޒު
މިނިސްޓަރ ޝިޔާމް އަދި ޝިފާޒު
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިފާޒް ވިދާޅުވީ، ފެނިގެންދިޔައީ ބޮޑާކަމާއެކު އުދުހޭ ސައިކަލްތަކާއި، ސިޔާސީ ޕާޓީއެއްގެ މުއްސަނދިކަން ދައްކަން ހިންގި ހަރަކާތްތަކެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ބަދަލުގައި ސިޔާސީ ޕާޓީގެ ނިޒާމާއި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ސާފުވާންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.





ޝިފާޒްގެ މި ފާޑުކިޔުން އަމާޒުވީ، އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިލެކްޝަނަކީ ސަރުކާރު ދާންވީ މަގު ސާފުކޮށްދިން އިންތިޚާބެއް ކަމަށް މިނިސްޓަރ ޝިޔާމް ވިދާޅުވުމާ ގުޅިގެންނެވެ.

ޝިފާޒު މިހެން ވިދާޅުިއިރު އިއްޔެ ބޭއްވި މި އިންތިޚާބުން ފެނިގެންދިޔައީ ސަރުކާރު ބޮޑު ތަފާތަކުން ބަލިވެފައިވާ މަންޒަރެވެ.



ކިޔުންތެރިންގެ ހިޔާލު