އަޝްވާގް ފައުޒީ   6 އޭޕްރީލު 2026 - 1:10
ރ އަލިފުށި
ރ އަލިފުށި
ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ރ. އަލިފުށީގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށް، ސަރުކާރު ހިންގާ ޕީއެންސީއަށް އެމްޑީޕީން ވަރުގަދަ ނޫނެކޭ ބުނެފިއެވެ.

ކައުންސިލްގެ ރައީސްކަމުގެ މަގާމަށް 62.61 އިންސައްތަ ވޯޓާއެކު އިންތިޚާބުވީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ޝާހިދެވެ. އޭނާއަށް ޖުމްލަ 941 ވޯޓު ލިބިފައިވާއިރު، މިއީ އެ ރަށުގައި އެމްޑީޕީއަށް އޮތް ބޮޑު ތާއީދު އަނެއްކާވެސް ހާމަވެގެންދިޔަ ކަމެކެވެ.

މި އިންތިޚާބުގައި އަލިފުށީ ކައުންސިލަށް ހޮވުނު ހުރިހާ މެންބަރުންނަކީ ވެސް އެމްޑީޕީގެ މެންބަރުންނެވެ. އޭގެ ތެރޭގައި ކައުންސިލް މެންބަރުކަމަށް ހޮވުނު އަބްދުއްސަމީޢު އާއި އަލީ ރަޝީދުގެ އިތުރުން، އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކާމިޔާބުކުރި ލަތީފާ މުޙައްމަދު އާއި ނޫރުލް ހުދާ މުމްތާޒު ހިމެނެއެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިތަކެއްވެސް އެމްޑީޕީން ކާމިޔާބުކޮށް، ރަށުގެ އިދާރީ ހުރިހާ ބާރެއް އެ ޕާޓީން ވަނީ ދަމަހައްޓާފައެވެ.

އަލިފުށީގެ މި ނަތީޖާއަކީ ސަރުކާރަށް ލިބުނު ހިތްދަތި ނާކާމިޔާބީއެއްގެ ގޮތުގައި ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. މި ކާމިޔާބީއާއެކު އަލިފުށި ވެފައިވަނީ އެމްޑީޕީގެ ސިޔާސީ ބާރުވެރިކަން އެންމެ ވަރުގަދަ އެއް ރަށަށެވެ.



ކިޔުންތެރިންގެ ހިޔާލު