މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ނެގުނު ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ހއ. ހޯރަފުށިން ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެެވެ.
ތިލަދުންމަތީ އުތުރުބުރީ ހޯރަފުއްޓަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އިބްރާހީމް ޚަލީލު (ޓީވީ ޚަލީލު) ނިސްބަތްވެވަޑައިގަންނަވާ ރަށެވެ. ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީ އަށް އެންމެ ގޮނޑިއެއް ލިބިފައެއް ނުވެއެެވެ. މި ނަތީޖާއާ އެކު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު ޚަލީލު އަމިއްލަ ރަށުގެ ރައްޔިތުންގެ ތާއީދާއި އިތުބާރު ސަރުކާރަށް ނެތްކަން ވަނީ ވަރަށް ސާފުކޮށް ހާމަވެގެން ގޮސްފައެވެ.
އިންތިޚާބުގެ ނަތީޖާތަކުން ދައްކާ ގޮތުގައި، ހޯރަފުށީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމް.ޑީ.ޕީންނެވެ. މީގެ އިތުރުން، އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ނެގުނު ފެންނަ ނުފެންނަ ވޯޓުގައިވެސް، ހޯރަފުށީގެ ގިނަ ރައްޔިތުން ވަނީ ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައެވެ.
ޕީ.އެން.ސީގެ ބައެއް މެންބަރުން ތުހުމަތުކުރާ ގޮތުގައި، މި ނަތީޖާ މި ފަދަ ގޮތަކަށް ނުކުތީ މިނިސްޓަރު ޚަލީލާއި ދާއިރާގެ މަޖިލިސް މެންބަރު ގުޅިގެން ހިންގި ސިއްރު ހަރަކާތްތަކެއްގެ ސަބަބުންނެވެ. ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކަށް ހުރަސްއެޅުމުގެ ގޮތުން، ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނުމަށް ދާއިރާގެ ތެރޭގައި މަސައްކަތް ކޮށްފައިވާ ކަމަށް ޕީ.އެން.ސީގެ އެތެރޭގެ މަސްދަރުތަކުން މައުލޫމާތު ލިބެއެވެ.
މި ނާކާމިޔާބީއާ ގުޅިގެން ހޯރަފުށީގެ ސިޔާސީ މަސްރަހު މިހާރު ވަނީ ނުތަނަވަސްވެފައެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އަމިއްލަ ރަށުން ތާއީދު ހޯއްދަވައިނުދެވުމަކީ ސަރުކާރަށް ލިބުނު ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ސިޔާސީ މުހައްލިލުން ފާހަގަކުރެއެވެ. މި ވޯޓުގެ ނަތީޖާއިން ރަމްޒުކޮށްދެނީ، ހޯރަފުށީ ރައްޔިތުންގެ މެދުގައި މިހާރުގެ ސަރުކާރަށާއި، ވަކިން ޚާއްސަކޮށް މިނިސްޓަރު ޚަލީލާ މެދު އޮތް ބޮޑު ނުރުހުން ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު