ފާތިމަތު ހިޖުރާ
ފާތިމަތު ހިޖުރާ
މިދިޔަ އޭޕްރީލް 4 ވީ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި، އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް ވާދަކުރެއްވި ފާތިމަތު ހިޖުރާ ތާރީޚީ ކާމިޔާބީއެއް ހޯއްދަވައިފިއެވެ.

އިދިކޮޅު އެމް.ޑީ.ޕީގެ ޓިކެޓުގައި އިންތިޚާބަށް ނުކުމެވަޑައިގެންނެވި ހިޖުރާ އަކީ މުޅި އައްޑޫ އިން ވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓެވެ.

ވަގުތީ ނަތީޖާއަށް ބަލާއިރު، ހިޖުރާ ވަނީ ޖުމްލަ 9،570 ވޯޓު ކާމިޔާބު ކުރައްވާފައެވެ. މިއީ މި ފަހަރުގެ އިންތިޚާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓެވެ. މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ މާލެ ސިޓީގެ އަންހެނުންގެ ކޮމިޓީގެ ރައީސާގެ މަޤާމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައިޝަތު ރީޝާއެވެ. އޭނާއަށް 15,000 އަށްވުރެ ގިނަ ވޯޓު ލިބިފައިވެއެވެ.

އައްޑޫ ސިޓީގެ ގިނަ ރައްޔިތުންގެ އިތުބާރު ހޯއްދަވައިގެން ހިޖުރާ މި ހޯއްދެވި ނަތީޖާއާއެކު، އޭނާ ވެފައިވަނީ މިފަހަރުގެ އިންތިޚާބުގައި އެންމެ ވަރުގަދަ ތާއީދެއް އޮތް އެއް ކެންޑިޑޭޓަށެވެ.

ހިޖުރާގެ މި ކާމިޔާބީއަކީ އައްޑޫ ސިޓީގައި އެމް.ޑީ.ޕީއަށް އޮތް ތާއީދު ވަރުގަދަކަން ހާމަކޮށްދޭ ހެއްކެއްގެ ގޮތުގައި ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު