ދިވެހި ރައްޔިތުންގެ ނިންމުމަށް ގޮންނުޖަހައި، ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ޒިންމާ އެ ދާއިރާތަކުން ތަޢުލީމާއި ޤާބިލުކަން ލިބިފައިވާ ފަންނީ ބޭފުޅުންނާ ޙަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަމްހީދު ވިދާޅުވީ، ނިމިދިޔަ އިންތިޚާބުގެ ނަތީޖާއިން ވަރަށް ސާފުކޮށް އެނގިގެންދިޔަ އެއް ކަމަކީ، ހޯމް މިނިސްޓަރު ޢަލީ އިޙުސާނަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަން ކަމަށެވެ. ރައްޔިތުން އެ ބޭފުޅާއަށް ނޫނެކޭ ބުނަން ޖެހުނު މައިގަނޑު ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝަމްހީދު ވިދާޅުވީ، ކަމާގުޅޭ ދާއިރާތަކުން މަތީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ އެތައް ޒުވާނުންނެއް ގައުމުގައި ތިއްބައި، ދައުލަތުގެ ކުންފުނިތައް ހިންގުން ހަމައެކަނި ރިޓަޔަރޑް ބޭފުޅުންނާ ޙަވާލުކުރަމުންދަނީ މިނިސްޓަރުގެ ނުފޫޒު ހުރިހާ ދިމާލަކަށް ފަތުރަމުންދާތީ ކަމަށެވެ.
މީގެ އިތުރުން، އަތޮޅުތަކުގެ ބޯހިޔާވަހިކަމަށް ބަޖެޓުކޮށްފައިވާ ފައިސާ، އެސްޓޯނިއާއިން ސޮފްޓްވެއަރ ގަތުމަށް ބޭނުންކުރުމާއި، ޤާނޫނީ އިމުން ބޭރުން ފުލުހުންގެ މުއައްސަސާގެ ހިންގުން މިނިސްޓަރުގެ އަމިއްލަ ބާރުގެ ދަށަށް ގެންގޮސްފައިވާކަން ޝަމްހީދު ފާހަގަކުރެއްވިއެވެ. އަދި ދައުލަތަށް ލިބެންއޮތް 15 ބިލިއަން ރުފިޔާ، ބްލެކްލިސްޓް ކުރެވިފައިވާ ބޭރުގެ 'ބެސްޓިނެޓް' ކުންފުންޏަށް ޤާނޫނާ ޚިލާފަށް ދިނުމަށް ނިންމާފައިވާ ނިންމުމަކީވެސް ރައްޔިތުންގެ އިތުބާރު ގެއްލުނު ސަބަބެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މުހިންމު އިލްތިމާސެއް ކުރައްވާފައެވެ.
އެގޮތުން 'ބެސްޓިނެޓް' އާއެކު ހިންގަން ރާވާފައިވާ ކޮރަޕްޝަންގެ މުޢާމަލާތްތައް ވަގުތުން ހުއްޓާލުމަށާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން އިލްމީ އަދި ފަންނީ ބޭފުޅުންނާ ޙަވާލުކުރުމަށް އޭނާ ގޮވާލެއްވިއެވެ. ޝަމްހީދު އިތުރަށް ވިދާޅުވީ، ރައްޔިތުން ނިންމާފައިވާ ނިންމުމަށް ގޮންނުޖަހައި، ދައުލަތުގެ މުއައްސަސާތައް ހިންގުމުގައި ހާމަކަން ބޮޑު، އިންސާފުވެރި އުސޫލުތަކެއް ގެންގުޅެންޖެހޭ
ކަމަށެވެ.

ނިމިދިޔަ، އިންތިޚާބުގެ ނަތީޖާ އިން ސާފްވާ އެއްކަމަކީ، ވަޒީރު އިހުސާނަށް @min_mohst ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން.
— Ahmed Shamheed (@Ashamhyd) April 6, 2026
އެބޭފުޅާއަށް ނޫނެކޭ ބުނަންޖެހުނީ…
1- ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ އެތައް ބަޔަކު ތިއްބައި، ދައުލަތުގެ ކުންފުނިތައް ހިންގުން ކުރީގެ… https://t.co/VoFJsQGcPe
މީގެ އިތުރުން، އަތޮޅުތަކުގެ ބޯހިޔާވަހިކަމަށް ބަޖެޓުކޮށްފައިވާ ފައިސާ، އެސްޓޯނިއާއިން ސޮފްޓްވެއަރ ގަތުމަށް ބޭނުންކުރުމާއި، ޤާނޫނީ އިމުން ބޭރުން ފުލުހުންގެ މުއައްސަސާގެ ހިންގުން މިނިސްޓަރުގެ އަމިއްލަ ބާރުގެ ދަށަށް ގެންގޮސްފައިވާކަން ޝަމްހީދު ފާހަގަކުރެއްވިއެވެ. އަދި ދައުލަތަށް ލިބެންއޮތް 15 ބިލިއަން ރުފިޔާ، ބްލެކްލިސްޓް ކުރެވިފައިވާ ބޭރުގެ 'ބެސްޓިނެޓް' ކުންފުންޏަށް ޤާނޫނާ ޚިލާފަށް ދިނުމަށް ނިންމާފައިވާ ނިންމުމަކީވެސް ރައްޔިތުންގެ އިތުބާރު ގެއްލުނު ސަބަބެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މުހިންމު އިލްތިމާސެއް ކުރައްވާފައެވެ.
އެގޮތުން 'ބެސްޓިނެޓް' އާއެކު ހިންގަން ރާވާފައިވާ ކޮރަޕްޝަންގެ މުޢާމަލާތްތައް ވަގުތުން ހުއްޓާލުމަށާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން އިލްމީ އަދި ފަންނީ ބޭފުޅުންނާ ޙަވާލުކުރުމަށް އޭނާ ގޮވާލެއްވިއެވެ. ޝަމްހީދު އިތުރަށް ވިދާޅުވީ، ރައްޔިތުން ނިންމާފައިވާ ނިންމުމަށް ގޮންނުޖަހައި، ދައުލަތުގެ މުއައްސަސާތައް ހިންގުމުގައި ހާމަކަން ބޮޑު، އިންސާފުވެރި އުސޫލުތަކެއް ގެންގުޅެންޖެހޭ
ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު