ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަސްބާހް އަލީ ނަސީރު އެ މަގާމުން ވަކިކޮށްފިއެވެ.
އަސްބާހް އެޗްޑީސީގެ ޑީއެމްޑީގެ މަގާމަށް އައްޔަނުކޮށްފައި ވަނީ 2024 ވަނަ އަހަރު އޮގަސްޓު 3 ގައެވެ. އޭނާ އެ މަގާމުން ވަކިކޮށްފައިވާކަން ސަރުކާރުން ވަނީ ޔަގީންކޮށްދީފައެވެ.
ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މި ބަދަލުތައް ގެންނަން ފަށާފައި މިވަނީ، ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އިންތިހާބުތަކުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އަސްބާހްގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ އެހެން ބައެއް ބޭފުޅުން ވެސް މިއަދު ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.
މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިފުޅު، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، އަސްމާގެ ކޮއްކޮ، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހިމެނެއެވެ.
މީގެ އިތުރުން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅާ ވެސް މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު