ސްޓްރޭޓް އޮފް ހޮރްމޫޒް މެދުވެރިކޮށް އުޅަނދުފަހަރު ދަތުރުކުރުމުގައި އޮމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އީރާނާއި އޮމާނާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. އޮމާންގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށްދިޔައީ ދެ ގައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރުންގެ ފެންވަރުގައެވެ.
ހޮނިހިރު ދުވަހު ބޭއްވުނު މި ބައްދަލުވުމާ ގުޅޭގޮތުން އޮމާންގެ ފޮރިން މިނިސްޓްރީގެ އަންޑަ ސެކްރެޓަރީން އާދީއްތަ ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ގައުމުގެ ފަންނީ މާހިރުން ބައިވެރިވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަދެކެވުނީ މިހާރު ސަރަހައްދުގައި އޮތް ނުތަނަވަސް ހާލަތުގައި ސްޓްރޭޓް އޮފް ހޮރްމުޒުން އުޅަނދުފަހަރަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންނެވެ. މިގޮތުން، ދެ ފަރާތުގެ ތަޖުރިބާކާރުން ވަނީ ދިރާސާކުރާނެ ގިނަ ތަސައްވުރުތަކަކާއި އެއްބަސްވާންޖެހޭ ކަންކަން ހުށަހަޅާފައެވެ.
ޝިޕިން ޖާނަލް "ލޮއިޑްސް ލިސްޓް" އިން އާންމުކުރި ޓްރެކިންގ ޑޭޓާތަކުން ދައްކާގޮތުގައި، މިދިޔަ ހުކުރު ދުވަހު އޮމާންގެ ތިން ބޯޓެއް ވަނީ އީރާނުގެ "އެޕްރޫވްޑް ކޯރިޑޯ" ގެ ބޭރުން ސްޓްރޭޓް އޮފް ހޮރްމުޒް ޓްރާންސިޓް ކޮށްފައެވެ. މި ކޮންވޯއީގައި ހިމެނެނީ ތެޔޮ އުފުލާ ބޮޑު ދެ ސުޕަޓޭންކަރާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އުފުލާ އުޅަނދެކެވެ.
މި މަޝްވަރާތައް ކުރިއަށްދަނީ، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު ކަނޑުއޮޅީގެ ޓްރެފިކް މޮނިޓަރ ކުރުމަށް އޮމާނާއެކު ޕްރޮޓޮކޯލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އީރާނުގެ އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އެ ގައުމުން ވަނީ ކަނޑުއޮޅީގެ ދަތުރުފަތުރުތައް ހަނިކޮށްފައެވެ.
ފެބްރުއަރީ 28 ގައި ހަމަލާތައް ފެށުނު ފަހުން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ ޕާކިސްތާނާއި، ފްރާންސް އަދި ތުރުކީއާ ގުޅުންހުރި ބައެއް އުޅަނދުތަކަށް ދަތުރުކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް އަދިވެސް ގާތްގަނޑަކަށް 3،000 އެއްހާ މީހުން އެ ސަރަހައްދުގައި ތާށިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަފްތާ ބަންދުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އިންޒާރެއް ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ ހޯމަ ދުވަހުގެ ނިޔަލަށް އެ ސަރަހައްދު ދަތުރުފަތުރަށް ނުހުޅުވައިފިނަމަ، އެތަން "ނަރަކައަކަށް" ހަދާލާނެ ކަމަށެވެ. މީގެ އިތުރުން، މިސްރުގެ ޚާރިޖީ މިނިސްޓަރު ބަދުރު އަބްދުއްލަތީފް ވަނީ ސަރަހައްދީ މަސްލަހަތު ހަމައަކަށް އެޅުވުމަށްޓަކައި، އެމެރިކާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް އާއި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޗީ ހިމެނޭހެން މަޝްވަރާތައް ބޭއްވުމަށް ގޮވާލައްވާފައެވެ.
އޮސްޓްރޭލިއާގެ ނޭޝަނަލް ޔުނިވާސިޓީގެ ޕްރޮފެސަރު އެމެރިކަސް އަމީން ސައިކަލް، އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ހަނގުރާމަ އިތުރަށް ފުޅާވެގެން ދިއުމަކީ މުޅި ސަރަހައްދަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށާއި، މަޝްވަރާގެ މަގުން އަވަސް ހައްލަކަށް އަންނަންޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު