ގައުމަށް ބޭނުންވާ ތެލާއި ކާބޯތަކެތި އެތެރެކުރުމަށް ހުރި މަދު ޑޮލަރުކޮޅު، ބިން ހިއްކުމަށް ބޮޑު އަގުގައި ގެނައި ޑްރެޖަރުތަކަށް ހޭދަކުރުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު މިކަމަށް ގޮވާލެއްވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު އިންތިހާބުތަކުގެ ނަތީޖާއާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ އިންތިޚާބުގެ ނަތީޖާއިން ރައްޔިތުން ސަރުކާރަށް މުހިންމު މެސެޖުތަކެއް ދީފައިވާ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ޑރ. ޝަމްހީދު ފާހަގަކުރެއްވީ ދުންފަތުގެ ގާނޫނެވެ. އޭނާ ވިދާޅުވީ ޒުވާނުން ސިއްހީ ބޮޑު ނުރައްކަލަކަށް ވައްޓާލައި، "ބިޑި އޮޅަން" މަޖުބޫރުވާ ގޮތަށް އޮތް ދުންފަތުގެ ގާނޫނު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށް އިންތިހާބުގެ ނަތީޖާއިން ބުނެދޭ ކަމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، ސަރުކާރުން "ޕީއެންސީ ކުންފުނި" އުފައްދައިގެން އާންމު ވިޔަފާރިތަކުގެ ތެރެއަށް ވަންނަމުންދާ ދިއުމެވެ. ޓެކްސީ ކުރުމާއި، މުދާ އުފުލުމާއި، ގާއެޅުމާއި ކުލަލުން ފަދަ އާންމު ފަރުދުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއަށް ސަރުކާރުގެ ކުންފުނި ވަދެ، އަމިއްލަ ފަރުދުން ބިކަކުރަމުންދާ ދިއުން ހުއްޓާލުމަށް ޑރ. ޝަމްހީދު ގޮވާލެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ހުރަސްއެޅޭ ގޮތަށް ކުރިއަށްދާ މަޝްރޫއުތަކަށް ވެސް އޭނާ ފާޑުވިދާޅުވިއެވެ. "ފުލެޓް، ފެނާއި ނަރުދަމާ، ބަދަރު އަދި ސުކޫލް އިމާރަށް ކުރަން ފަދަ އަސާސީ މަޝްރޫއުތަކަށް ބަޖެޓުކޮށްފައިވާ ފައިސާއިން ރަސްމާލެ ހިއްކުން ހުއްޓާލަންޖެހޭ،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.
އިގްތިސާދީ ގޮތުން ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ގައުމަށް ތެޔޮ ހޯދަން ދަތިވެފައިވާ މި ދަނޑިވަޅުގައި، ތެލާއި ކާބޯތަކެތި އެތެރެކުރަން ހުރި މަދު ޑޮލަރުކޮޅު ރަސްމާލެ ހިއްކަން ގެނެސްގެން އުޅޭ ޑްރެޖަރުތަކަށް ހޭދަކުރުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށެވެ.
"ދިވެހިރައްޔިތުން ވިސްނާށެއެވެ. ގައުމަށް ތެޔޮ ހޯދަން ދަތިވެފައިވާ މިދަޑިވަޅުގައި މި ބޮޑެތި ޑުރެޖަރަށް އޮތް މަދު ތެޔޮކޮޅު މިދަނީ ހޭދަކުރަމުންނެއެވެ. ކާޑާއި ބޭސްގަންނަން އޮތް ޑޮލަރު ކޮޅުވެސް މި ދެމުންދަނީ މި ޑުރަޖަރަށެއެވެ،" ޑރ. ޝަމްހީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު