މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރެފްރެންޑަމްގެ ނަތީޖާއިން ހާމަވެގެންދިޔައީ، ދިވެހި ރައްޔިތުން ގާނޫނުއަސާސީގެ ބާރުތައް ހިމާޔަތްކުރަން ބޭނުންވާ މިންވަރު ކަމަށާއި، ގާނޫނުއަސާސީއާ ކުޅުމަކީ ފަސޭހަ ކަމެއް ނޫންކަން ރައްޔިތުން ސަރުކާރަށް އަންގާލަދީފި ކަމަށް ގާނޫނީ މާހިރު، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުالله ދީދީ ވިދާޅުވެއްޖެއެވެ.
މި އިންތިޚާބުތަކުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅޭގޮތުން "ރަސް އޮންލައިން" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޑރ. އަޙްމަދު ވިދާޅުވީ، ސަރުކާރާއި، އިލެކްޝަންސް ކޮމިޝަން ގުޅިގެން ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ އަސްލު މަގްސަދަކީ ރެފްރެންޑަމް ކާމިޔާބުކުރުން ކަމަށެވެ. ނަމަވެސް، ރައްޔިތުންގެ ނިންމުން އައީ ސަރުކާރުން ހީކުރި ގޮތާ މުޅިން ޚިލާފަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. އަޙްމަދު ވިދާޅުވީ، ރެފްރެންޑަމް ނާކާމިޔާބުވި އެންމެ ބޮޑު ސަބަބަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާއި، ބާރުތައް ވަކިވެފައި އޮންނަ ނިޒާމަށް އުނިކަން އަންނަ ގޮތަށް ސަރުކާރުން ޤާނޫނު އަސާސީއަށް އިސްލާހުތައް ހުށަހެޅުން ކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް "ޗެކްސް އެންޑް ބެލެންސަސް" ގެ ތެރެއިން ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް އޮތުމަކީ ރައްޔިތުންގެ ބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
"ރައްޔިތުން ބޭނުންވީ ގާނޫނުއަސާސީއާ ކުޅުމަކީ ފަސޭހަ ކަމެއް ނޫންކަން އަންގާލަދޭން. ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަކީ ރައްޔިތުން އެދޭ ކަމަކަށް ނުވާތީ، ރައްޔިތުން ނުކުމެ ގާނޫނުއަސާސީ ހިމާޔަތްކުރީ." ޑރ. އަޙްމަދު ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން ދައްކަމުންދިޔަ ޚަރަދު ކުޑަކުރުމުގެ ވާހަކައަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއްގެ ގޮތުގައި ޑރ. އަޙްމަދު ސިފަކުރެއްވިއެވެ. އަދި އިންތިޚާބުތައް އެއްކޮށްލުމުން ސަރުކާރުގެ ނުފޫޒު އިންތިޚާބަށް ވަދެ، 'ފްރީ ވިލް' ނުވަތަ ރައްޔިތުންގެ މިނިވަން އިޚްތިޔާރަށް ހުރަސް އެޅޭތީ، އިންތިޚާބުގެ ސައްހަކަން (ލެޖިޓިމެސީ) ގެއްލިގެންދާ ކަމަށްވެސް ޑރ. އަޙްމަދު ވިދާޅުވިއެވެ.
މަޖިލިސް މެންބަރުން ކޮންޓްރޯލް ކުރުމަށް ގެނެސްފައިވާ 'އެންޓި-ޑިފެކްޝަން' އިސްލާހާ ބެހޭގޮތުން ވާހަކަދައްކަވަމުން ޑރ. އަޙްމަދު ވިދާޅުވީ، މިއީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ޚިލާފު، ބާތިލު އިސްލާހެއް ކަމަށް އެޓާނީ ޖެނެރަލްގެ ވާހަކަފުޅުތަކުންވެސް ދޭހަވާ ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހެޔޮނިޔަތެއް އޮތްނަމަ، ވަގުތުން ވަގުތަށް އެ އިސްލާހު އުވާލައި، މަޖިލިސް މެންބަރުންނަކީ މިނިވަން ބައެއްގެ ގޮތުގައި ދޫކޮށްލެއްވުމަށް އޭނާ ގޮވާލެއްވިއެވެ.
ހަމައެއާއެކު ޑރ. އަޙްމަދު ވަނީ، ކައުންސިލްތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތަކަކީ ލާމަރުކަޒީ ނިޒާމު ފުނޑާލުން ކަމަށާއި، ރައްޔިތުންގެ ވޯޓަކާ ނުލައި މީހުން ހޮވޭ ގޮތަށް އޮންނަ އުސޫލުތަކަކީވެސް ދުސްތޫރީ ގޮތުން ސުވާލު އުފެދޭ ކަމެއްކަން ފާހަގަ ކުރަށްވާފައެވެ. އޭނާ ވިދާޅުވީ މި ހުރިހާ ކަމެއްގެ ނަތީޖާއަކީ ގައުމު ބޮޑު ޑިކްޓޭޓާޝިޕަކަށް ނުވަތަ އަމިއްލަ އެދުން އިސްކުރާ ޚުދުމުހުތާރު ވެރިކަމަކަށް މަގުފަހިވުން ކަމަށެވެ.
ޑރ. އަޙްމަދު މިހެން ވިދާޅުވެފައިވާއިރު ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ފެންނަ ނުފެންނަ ވޯޓުގައި 70 އިންސައްތަ ރައްޔިތުން ވަނީ ސަރުކާރުގެ ހުށައެޅުންތަކަށް ނޫނެކޭ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު