އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި، ޕާޓީގެ އިސް ދެ މަގާމެއްގައި ތިއްބެވި ބޭފުޅުން ވަކިކުރީ މަސައްކަތުގައި އެއްބާރުލުން ނުދެއްވާތީ ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ 55 މެމްބަރުންގެ ސޮޔާއެކު ގައުމީ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. މި މައްސަލައާ ގުޅިގެން ޣަފޫރު ވިދާޅުވީ އޭނާ މަގާމަށް އައީ ގައުމީ މަޖިލީހުގެ ވޯޓަކުން ކަމަށްވާތީ، މަގާމުން ވަކިކުރެވޭނީވެސް އެ މަޖިލީހުގެ އަޣުލަބިއްޔަތުން ނަގާ ވޯޓަކުން ކަމަށެވެ. އަދި ވޯޓަކަށް ދާން ތައްޔާރަށް ހުންނެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ މަސްލަހަތު އަނެއްކާވެސް ގޯސްވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ކާމިޔާބީއާ ގުޅިގެން އުފެދުނު ޚިޔާލުތަފާތުވުންތަކުގައެވެ. ޕާޓީއަށް ލިބުނު ކާމިޔާބީއަކީ ރައީސް މުހައްމަދު ނަޝީދު އެނބުރި ވަޑައިގަތުމާ ގުޅިފައިވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، އަނެއް ބަޔަކު ބުނަނީ މިއީ ވަކި ބޭފުޅެއްގެ މަސައްކަތެއް ނޫން ކަމަށެވެ.
މި މައްސަލަ އިތުރަށް ހޫނުވީ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ އެޖެންޑާއަށް ގެނައި ކުއްލި ބަދަލަކާ ގުޅިގެންނެވެ. ރައީސް ނަޝީދާއި ކުރީގެ ޗެއާޕާސަން ވާހަކަ ދައްކަވާ ގޮތަށް އޮތުމަށްފަހު އެ ފުރުސަތު ނުދިން ކަމަށް ބުނާ މައްސަލާގައި ޣަފޫރު ވިދާޅުވީ، ވާހަކަ ދައްކަވަން އެދިވަޑައިގަތީ އެ ބޭފުޅުން އަމިއްލައަށް ކަމަށާއި އެކަމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުން ތުހުމަތު ކުރާ ގޮތުގައި ސްޕީޗް ތައްޔާރުކުރަން އެންގެވީ ސީދާ ޣަފޫރެވެ.
ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް އެޑްވައިޒަރު އަހުމަދު މައުރޫފް (މާއްޓޭ) މަގާމުން ވަކިކުރި މައްސަލާގައި ޣަފޫރު ވިދާޅުވީ، އެ ބޭފުޅުން ވަކިކުރީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް، ޗެއާޕާސަނަށް ދޭންޖެހޭ އެއްބާރުލުން ނުދޭތީ ކަމަށެވެ. ނަމަވެސް އިބުރޭ ވިދާޅުވި ގޮތުގައި، އޭނާ ވަކިކުރުމުގެ ކުރިން ގާނޫނީ ލަފައަކަށް އެދުމުން އެކަން ނުކުރެވޭނެ ކަމަށް މައުރޫފް ލަފާދެއްވުމުން، ޣަފޫރު ފުރަތަމަ ވަކިކުރެއްވީ މައުރޫފެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިހާރު ވަނީ ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރަސްމީކޮށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު