މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
ކެބިނެޓްގައި ކޮންމެ "ބްރޯ" އެއް ހުއްޓަސް ދެން ވައްކަމެއް ނުކުރެވޭނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނުޙައްޤުން މުއްސަނދިކަން ހޯދުމުގެ ބިލަށް ބަހުސްކުރަށްވަމުން މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ރާއްޖޭގައި ނުޙައްޤު މުއްސަނދިކަމާއި އަދާކުރާ ވަޒީފާއާއި ނުބައްދަލު މުއްސަނދިކަން ހޯދުން ވަނީ ޢާންމުވެފައި ކަމަށެވެ. އެގޮތުން ސަރުކާރުގައި ކިތަންމެ ބާރުގަދަ ވަޒީރަކު ހުންނެވި ކަމުގައި ވީނަމަވެސް އެމްޑީޕީން ވައްކަން ހުއްޓުވުމަށް ވެފައިވާ ވައުދާ އެއްގޮތަށް ވައްކަމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ވައްކަންތައް ހުއްޓުވަން މިއަދު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު ހުރަހަކީ "ބްރޯ" ހެދިގެން އުޅޭ މީހުން ކަމަށެވެ. ނަމަވެސް ކޮންމެ "ބްރޯ" އެއް ހުރި ނަމަވެސް އެކަމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ފާއިތުވެދިޔަ ވެރިކަންތަކުގައި ވައްކަމަށް ހުޅުވި ދޮރުތައް ބަންދުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކާއި, މަތީ މަޤާމުތަކުގައި މިއަދު ތިއްބެވި ބައެއް ބޭފުޅުން ކުރައްވަމުން ގެންދަވާ ވައްކަންތައް ހުއްޓުވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިވަޑައިގަންނަވާފައި ވާނެކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

ސަރުކާރުގެ މުއައްސަސާތަކުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގަމުން ދާކަމަށް ތުހުމަތު ކުރެވޭއިރު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ހެލްތު މިނިސްޓަރު އަމީނަށް ވެސް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވިފައެވެ. އަދި ބިންޑޭ އެ ވިދާޅުވި ފަދައިން އެމްޑީޕީ ތެރޭގައި "ބްރޯ" ހެދިގެން ނޫޅުއްވުމަށް ރައީސް ނަޝީދުވެސް ވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒަށް އަންގަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން