ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން
ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން
ދަޢުލަތަށް ޚިދުމަތެއް ނުދެއްވައި ގޭގައި އަރާމުކުރަށްވަމުން ގެންދަވާ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުންދާ ހެލްތު މިނިސްޓަރު އަމީން މަޤާމުން ވަކިކުރުމާމެދު ވަކި ގޮތެއް ނިންމާފައި ނުވާކަމަށާއި އެ ބޭފުޅާގެ މުސާރަ ބަރާބަރަށް ހިނގަމުންދާކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަހަރުގެ އޯގަސްޓްމަހު މިނިސްޓަރު އަމީން އަމިއްލަފުޅަށް މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެންނެވީ ކޯވިޑާއި ގުޅިގެން ހެލްތު މިނިސްޓްރީންކުރި ޚަރަދުތަކުގެ އޮޑިޓް ރިޕޯޓު ނެރުމާއެކު، އެ ރިޕޯޓުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަން ހާމަކުރުމާއި ގުޅިގެންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި މައްސަލަ އޭސީސީން ތަޙުޤީޤުކުރަމުންދާ ކަމަށެވެ. އަދި މިނިސްޓަރު އަމީނާއި މެދު އަޅާނެ ފިޔަވަޅެއް ކަނޑައަޅަން އެނގޭނީ އެ މައްސަލައިގެ ތަޙުޤީޤު ނިމުމުންކަމަށާއި މިހާތަނަށް އަމީން މަޤާމުން ވަކިކުރުމާމެދު ވަކި ގޮތެއް ނިންމާފައިނުވާކަމަށެވެ.

ހޫދު ވިދާޅުވީ މިނިސްޓަރު އަމީން އަމިއްލަފުޅަށް މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގަންނަވައިގެން ހުންނެވިކަމަށް ވިޔަސް މުސާރަ ހިނގާނެކަމަށާއި ވަކިނުކުރާހާ ހިނދަކު މުސާރަ ލިބިވަޑައިގަންނަވާނެ ކަމަށެވެ.

މިނިސްޓަރު އަމީން އަމިއްލަފުޅަށް މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވެ ވަޑައިގަންނަވައިގެން ހުންނެވިއިރު، އެ މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި ވަނީ ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި އޮޅުވާލާފައިވާކަމަށާއި، ޕާރސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ނަމަވެސް ސަރުކާރުން ގަންނަން ހަވާލުކުރި ތަކެއްޗަށް ވީގޮތެއް ނޭނގޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

ހަސަންބެ ދިގުރައް

15-Oct-2020

ތިގޮތައް ހަންނައްވެސް މުސާރަ އެއް ދޭނއވީނު


5

ހަލީމް ހެންވޭރު

15-Oct-2020

ގޭގަ ބަހައްޓައިގެން ދޭމުސާރަ ހަލާލެއް ނުވާނެ


1

ހަލީމް ހެންވޭރު

15-Oct-2020

ގޭގަ ބަހައްޓައިގެން ދޭމުސާރަ ހަލާލެއް ނުވާނެ


-16

ޟާމިރު

13-Oct-2020

މޮޅު ގޮތެއް. ޖަޕާނުގައި އަޗާތަޅަން ބަހައްޓާފަ ރައްޔިތުންގެ ފައިސާއިން މުސާރަ.



ޓްރެންޑިން