ރައީސް ޔާމީން
ރައީސް ޔާމީން
ޕީއެންއެފްގެ ފަރާތުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން, ރައީސް ޑރ. މުޢިއްޒު އަމިއްލަ އެދުން އިސްކުރައްވައި، ގައުމުގެ އަގުހުރި ޝަރަފުވެރި ރިޓަޔާޑް އޮފިސަރުންގެ ބޭނުން ނާޖާއިޒު ގޮތުގައި ހިއްޕަވަމުންދާ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޢަބްދުﷲ ޔާމީން ފާހަގަކުރެއްވި ގޮތުގައި، ނިމިދިޔަ އިންތިޚާބުތަކުން ސަރުކާރުން ބޭނުންވި ސިޔާސީ ނަތީޖާ ނުލިބުމުން، އެކަމުގެ އިލްޒާމު ކުންފުނިތަކުގެ ވެރިންގެ ބޮލުގައި އަޅުވައި، އެ ބޭފުޅުންގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އިންތިޚާބާ ދިމާކޮށް ކުންފުނިތަކުން ދިން ވަޒީފާގެ ކުރިއެރުންތަކާއި، އޭގެ ފަހުން އެމްޑީންނާ މެދު ފިޔަވަޅު އެޅި މައްސަލައަށް އަލިއަޅުވާލައްވަމުން ޔާމީން ވިދާޅުވީ، އެއްވެސް އެމްޑީއަކު ރައީސްގެ ހުއްދައާ ނުލައި އެފަދަ ނިންމުންތަކެއް ނުނިންމާނެ ކަމަށެވެ.

އަދި އިންތިޚާބު ނިމުމާ އެކު ތަކެތީގެ އަގު ބޮޑުވެގެން ދިއުމަކީ، އިގްތިސާދީ ހަގީގަތްތައް ރައްޔިތުންނަށް ސިއްރުކުރުމަށް ފަހު ސަރުކާރުން އޮޅުވާލާފައިވާ ކަމުގެ ހެއްކެއް ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގެ ނަތީޖާއިން އެނގިގެންދިޔައީ ދިވެހި ރައްޔިތުންނަކީ ފައިސާއާއި ވަޒީފާގެ ބިރަށް ނުގުޑާނެ ބައެއް ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ސަރުކާރަށް ގެއްލިފައިވާކަން މިހާރު ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު